English Edition
Dhivehi Edition

މާލޭ މީހުންނަށް ގޯތި ދޫކުރުމަށް ސަރުކާރުން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ދިފާޢު ކުރައްވައިފިއެވެ.

އޭނާ މިކަން ދިފާއު ކުރައްވާފައި މިވަނީ މާލޭގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ރައީސް ނިންމެވި ނިންމެވުމާއި ގުޅިގެން މާލެއާއި އަތޮޅުތަކުގެ ބަހުސް ވަރަށް ހޫނުކޮށް ސޯޝަލް މީޑިއާގައި ކުރަމުންއަންނަ ދަނޑިވަޅެއްގައެވެ.

މެމްބަރު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭގައި ވަރަށް ނިކަމެތިން އެބަ އުޅޭ ކަމަށެވެ. އަދި އެ ހާލަތު އިނގޭ މީހަކު ފަޅޮލޭ ފާގަ އޭ ނުކިޔާނެ ކަމަށެވެ.

މާލެ ސަރަހައްދުން މާލޭ މީހުންނަށް ގޯތި ދިނުމަށް ނިންމި ނިންމުމާއި ގުޅިގެން ބައެއް ފަރާތްތަކުން ބުނަނީ ހުޅުމާލެއާއި ގުޅީފަޅަކީ މާލޭގެ ބިން ނޫން ކަމަށެވެ. އަދިި އެތަންތަން ހިއްކީ ރައްޔިތުންގެ ޓެކްސް ފައިސާއިންކަމަށެވެ.

އެހެންނަމަވެސް މާލޭގެ ރައްޔިތުންނަށް ގޯތި ހައްގުވާކަމަށް ވާހަކަ ދައްކާ މީހުން ބުނަނީ، މާލޭގެ ރައްޔިތުންގެ ތެރޭގައި ވަރަށް ނިކަމެތި ޙާލަތުގައި އުޅޭ އަދި ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ނުވަތަ ރަށަކުން ގޯތި ނުލިބޭ މީހުން ގިނަކަމަށެވެ.

ސަރުކާރުން ވަނީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅިފަޅުން ދޫކުރާ 2000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.