English Edition
Dhivehi Edition

ސިންގަޕޯރ އެއަރލައިންސްގެ ނަމުގައި ފޮނުވާ ‘ފޭކް’ މެސެޖްތަކަށް ސަމާލުވުމަށް އެ އެއަރލައިނުން އެދެފިއެވެ

ސިންގަޕޯރ އެއަރލައިންސްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ އެއަރލައިނުން ހިލޭ ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ހުޅުވާލާފައިވާ ކަމަށް ބުނެ ކުރާ ކޯލްތަކާއި، މެސެޖްތައް އަދި އީމެއިލްތަކަކީ ކަސްޓަމަރުންގެ ޒާތީ މަޢުލޫމާތު އޮޅުވާލައިގެން ހޯދުމުގެ ބޭނުމުގައި ހިންގަމުންދާ އަމަލުތަކެއް ކަމަށް އެއަރލައިނުންވަނީ ބުނެފައެވެ

ސިންގަޕޯރ އެއަރލައިންސްއިން އަހަރީ ދުވަހުގެ މުނާސަބަތުގައި ފަސްޓް ކްލާސް ދެ ޓިކެޓް ހިލޭ ހޯދުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް ބުނެ އެ އެއަރލައިންސްގެ ނަމުގައި ފޮނުވަމުންދާ މެސެޖުގައި އެއަރލައިންގެ ވެބްސައިޓާއި އެއްގޮތަށް ފަރުމާ ކޮށްފައިވާ ވެބްސައިޓެއްގެ ލިންކެއް ފޮނުވަމުންދާއިރު އެ ކުންފުނީގެ ކޯލަރ އައިޑީ އާއި ސިގްނޭޗަރ ވެސްދަނީ ބޭނުންކުރަމުންނެވެ

ސިންގަޕޯރ އެއަރލައިންސްއިން އައު ފަސްޓް ކްލާސް ސުއީޓްސް ލޯންޗް ކުރުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅު އެއަރލައިންގެ ނަމުގައި މިފަދަ އަމަލުތައް ހިންގަމުންދާތީ ސިންގަޕޯރ އެއަރލައިންސްއިންވަނީ ކަންބޮޑުވުން ފާޅުކޮށް މި ފަދަ އަމަލުތަކަށް ސަމާލުވުމަށް ކަސްޓަމަރުންނަށް ގޮވާލާފައެވެ