English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ގއ. ނިލަންދޫގައި އައު އިންޖީނުގެ އާއި ފެނަކައިގެ އޮފީސް އިމާރާތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ނިލަންދޫގެ ކުރީގެ އިންޖީނުގޭގެ ގޮތުގައި ބޭނުންކުރ ޢިިމާރަތަކީ 22 އަހަރުވެފައިވާ ޢިމާރާތެކެވެ. އަދި ކުރީގެ އިންޖީނުގެ ހުންނަނީ މީހުން ދިރިއުޅޭ ސަރަޙައްދުގައި ނަމަވެސް އައު އިންޖީނުގެ ޤާއިމްކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައެވެ.

މިއަދު ރަސްމީކޮށް ހުޅުވި ނިލަންދޫގެ އައު އިންޖީނުގޭގެ ބޮޑުމިނަކީ 179 އަކަމީޓަރެވެ. މި އިންޖީނުގޭގައި 1050 ކިލޯ ވޮޓުގެ ކެޕޭސިޓީގެ އިންޖީނު މިވަގުތު ބެހެއްޓިފައިވާއިރު، މި އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 400 ކިލޯ ވޮޓް ގެ 3 ޖަނަރޭޓަރ ސެޓް ބެހެއްޓޭގޮތަށެވެ. މީގެ އިތުރުން އައު އިންޖީނުގޭގައި ކޮންޓްރޯލް ރޫމް،ޑެގް ރޫމް، ވޯކް ޝޮޕް، ސްޓޯރ، ޕޭންޓްރީ، ފާޚާނާ، ޗިމްނީ، ޑޭ ޓޭންކް، އަދި ޑީސަން ޓޭންކް ހުރެއެވެ.

މި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވީ މިއަދު ނިލަންދޫ އައު އިންޖީނުގެ ހުޅުވިގެން ދާއިރު މުޅި ރާއްޖޭގައި އެފަދަ އެތައް ބިނާއެއް ހުޅުވުމަށް ތައްޔާރުކޮށްފައިވާ ކަމަށެވެ.