English Edition
Dhivehi Edition

ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި މަހު 19 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި ފލުހުންނަށް ހުވާ ލައިދެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޛު ހަސަން ސަޢީދެވެ.

ފުލުހުންނަށް ހުވާލައި ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ހެޑް އޮފް ހިއުމަން ރިސޯސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ނާފިޒް އަދި ހެޑް އޮފް ރެކްރޫޓްމަންޓް އެންޑް ޑިޕްލޮއިމަންޓް މެނޭޖްމަންޓް ޔުނިޓް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް ބައިވެރިވެލެއްވިއެވެ.

އެ ރަސްމިއްޔާތުގައި 60 ފުލުހުން ހުވާކޮށް ހުވާގެ އިގުރާރުގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 9 އަންހެން ފުލުހުންނާއި 17 ފިރިހެން ފުލުހުންނެވެ. އަދި ސްޕެޝަލް ކޮންސްޓަބުލަރީގެ 12 އަންހެން ފުލުހުންނާއި 22 ފިރިހެން ފުލުހުންނެވެ.