English Edition
Dhivehi Edition
ރައީސް ނަޝީދު

އެމްޑީޕީން ވަކިކުރި މެންބަރުންނަކީ “އަސްލު އެމްޑީޕީ މެންބަރުން” ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ފްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާ ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ދަފުތަރު ގަޑުބަޑުވެފައިވާ ކަމަށް ވިދާޅުވެފައެވެ. މިކަމުގެ ކަންބޮޑުވުންތައް ފާޅުކުރައްވާ ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަށް ފޮނުއްވި ސިޓީއެއްގައި ވަނީ އެމްޑީޕީގެ ވޯޓުލާ ދަފުތަރުން ސާޅީސްހާހާ ގާތަށް މެމްބަރުން އެންގުމަކާއިނުލައި ކުއްލިއަކަށް އުނިކޮށްފައިވާކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ކުރެއްވި ޓުވިޓެއްގައި ވަނީ އެމްޑީޕީއަކީ އިންސާފުވެރި މިނިވަން އިންތިހާބުތަކަށް އަބަދުވެސް ތާއީދުކުރާ ޕާޓީއެއްކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އެ ޕާޓީގެ ދަފްތަރުން 39،000 މެންބަރުން އުނިކުރައްވާފައިކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތުކުރައްވާފައެވެ.

އެމްޑީޕީގެ ދަފުތަރު ސާފުކުރަންޖެހޭ ވާހަކަ ތަކުރާރުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ދަފުތަރު އިސްލާހުކުރުމުގެ ނަމުގައި ޕާޓީން ވަކިކުރީ އެމްޑީޕީގައި ގިނަދުވަސްވީ ޕާޓީގެ އަސްލު މެންބަރުންކަމަށެވެ. އަދި އެއީ ރައީސް ސޯލިހަށް ވޯޓް ދޭނެހެން ހީނުވާ މެންބަރުން ކަމަށްވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ހިތުން ރުހުމުން ގުޅިފައިވާ މެމްބަރުންގެ ތެރެއިން 40 އިންސައްތަ މެމްބަރުންގެ ހައްގާއި ބައިވެރިވުން ގެއްލުވާލައި ބާއްވާ އިންތިހާބަކީ 2023 ގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީއަށް އިންތިހާއަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ.

1 ކޮމެންޓް
ޖަމްބެ
ޑިސެމްބަރު 22, 2022
ކަލެއަކަށް ދެނެއް ވެރިކަމަކަށް ނާދެވޭނެ. ހަޅޭލަވާނެ ކަމެއްނެތް