English Edition
Dhivehi Edition
ސްކީމް އިން ފުވައްމުލައްސިޓީގައި ކުރިއަށް ގެންދިޔަ ޕަބްލިކް ސްޕީކިން ޕްރޮގްރާމުގެ ތެރެއިން

ފުވައްމުލަކު ހޮސްޕިޓަލް، ފެމެލީ އެންޑް ޗިލްޑްރެންސް ސަރވިސަސް ސެންޓަރ އަދި ފުވައްމުލައް ސިޓީ ޕޮލިސް ގުޅިގެން “ދުޅަހެޔޮ ދޮށީ އުމުރަކަށް” ގެ ނަމުގައި ހާއްސަ އިވެންޓެއް ބާއްވަން ނިންމައިފިއެވެ.

މި ޕްރޮގްރާމަކީ އުމުރުން 40 އަހަރުން މަތީގެ ފަރާތްތަކަށް އަމާޒުކުރެވިގެން ބާއްވާ ޚާއްސަ ޕްރޮގްރާމެކެވެ. 24 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 16:00 އިން 18:00 އަށް ކުރިއަށް ދަ މި އިވެންޓް އޮންނާނީ ހާފިޒު އަހުމަދު ސްކޫލްގައެވެ.

No photo description available.

މި އިވެންޓުގައި އުމުރުން ދުވަސްވީ މީހުންނަށް ކުރެވިދާނެ ކަސްރަތު ތައް ކިޔާ ދިނުމާއި ފައިދާ ހުރި ކާނާ އާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަކަރާއި ހީލަތް ހުއްޓުވުމާއި، ސެންސަސް ޑާޓާ އާއި ބެހޭ ގޮތުން ހޭލުންތެރިކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ލޭމައްޗަށް ދިއުމާއި، ބޮޑީ މާސް އިންޑެކްސް، ބޮޑީ ފެޓް ބެލުމާއި، ބަރުދަނާއި ލޭގައި ހަކުރު ހުންނަ މިންވަރު ބެލުމަށްވަނީ ހަމަޖެހިފައެވެ.