އއ. އުކުޅަހު އިންޖީނު ގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެރަށުން ކަރަންޓު ކަނޑައިގެން ހިނގައްޖެއެވެ.
މިހާދިސާ ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުގެ 11:00 އެހައިކަންހާރު ކަމަށް ފުލުހުންވަނީ ބުނެފައެވެ. ފުލުހުން ބުނީ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ހަލާކުވެފައިވަނީ އެރަށުގެ އިންޖީނުގޭގައި ބޭނުންކުރާ އެންމެބޮޑު އެއް ޖަނަރޭޓަރެވެ. އެ އިންޖީނުވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
މިހާދިސާ ހިންގަން މެދުވެރިވި ސަބަބެ ކަމަށްވަނީ ތެޔޮރައްކާކޮށްފައިވާ ތާގީއެއްގައި ރޯވެގެންނެވެ. ފުލުހުން ގެންދަނީ އެ މައްސަލަ ބަލަމުންނެވެ. އިންޖީނުގޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފައިވަނީ ރައްޔިތުންނާއި އެމްއެންޑީފް ގުޅިގެން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އިންޖީނުގައި ރޯވެ ޕެނަލްބޯޑާއެކު އަނދައިގެން ދިޔުމުން އެރަށަށް އަލުން ކަރަންޓުދޭން އަދި ވަގުހޭދަވާނެއެވެ. ކަރަންޓު ދެވޭނެ ސީދާ ވަގުތެއް އަދު ބުނަން ނޭގެއެވެ. އެހެން ނަމަވެސް އެމަސައްކަތްދަނީ ކުރަމުންނެވެ.