English Edition
Dhivehi Edition

ސ. ހުޅުދޫ ބަޔަކު ހިންގަމުން އައި ލަވިސްޓާ ކެފޭގައި ބަޔަކު ރޯކޮށްލައިފިއެވެ

މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަން ހިންގާ މީހުން ރޭ އެތަން ބަނދުކޮށްފައި, ގެއަށް ދިޔައީ ދަންވަރު 3:45 ހާއިރުއެވެ.

ރޭ ފަތިހު 4 ޖަހާކަންހާއިރު ޕެޓްރޯލް އަޅައި އެތަން ރޯކޮށްފައި ވަނީ ބަޔަކު ގަސްތުގައިކަމަށް އެ ސަރަހައްދުގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު މީހަކު އޭއޯ ނިއުސް އަށް މައުލޫމާތު ދެމުން ބުންޏެވެ.ހުޅުދޫ ކަނބަލުންގެ ޕާކް ކައިރީ ހިންގަމުން އައި ކެފޭ އަނދައި އެކޮށް ހުލިވެފައިވާ އިރު އެތަނުން އެއްވެސް އެއްޗެއް ސަލަމަތް ނުވާކަމަށް އެތަން ހިންގާފަރާތުންވަނީ ބުނެފައެވެ.