English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް މީޑިއާ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ގއ. ކޫއްޑޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ

ޑިސެންބަރ މަހުގެ 07 ވަނަ ދުވަހު މިތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައެވެ..

އެގޮތުން ނައްތާލާފައިވަނީ 176 ފުޅި ބަނގުރަލާއި 30 ދަޅު ބިޔަރެވެ. މި ތަކެއްޗަކީ 2022 އޮކްޓޯބަރ 19 އިން ނޮވެންބަރ 22 ވަނަ ދުވަހާއި ހަމައަށް ގއ. ކޫއްޑޫ އެއަރޕޯޓުން ފުރި ފަތުރުވެރިންގެ އަތުން ނަގައި އެމްއެންޑީއެފުން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ޙަވާލުކޮށްފައިހުރި ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށް އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.