English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: ރާއްޖެ އެމްވީ

ކުޑަކުއްޖަކާއި ބެހުނު މީހަކު ދިހައަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ މުޙައްމަދު ޝައިބާން ނަމަކަށް ކިޔާމީހަކު، 04 އެޕްރީލް 2020 ވަނަ ދުވަހުގެ 03:00 އެހައިކަށްހައިއިރު، ކުއްޖާ ދިރިއުޅޭ ގޭގެ ގޯތި ތެރޭގައި ވަކިން ހަދާފައި ހުންނަ ތިން ކޮޓަރީގެ ތެރެއިން ކޮޓަރިއަކަށް ކުއްޖާ ގެންދިއަކަމަށެވެ. އަދި އެ ކޮޓަރިއަށް ކުއްޖާ ގެންގޮސް އެ ކުއްޖާއާއި ބަދުއަހުލާގީ އަމަލު ހިންގާފައިވާކަމަށް މި ހުކުމުގައި ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ދައުލަތުން އޭނާގެ މައްޗަށްކޮށްފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސި ނިޔަތެއް އޮވެގެން ގަސްތުގައި އަތްލާފައިވާ ކަމުގެ ދައުވާއެވެ. އެހެންނަމަވެސް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ މި ދަޢުވާއަށް ޝިއުބާން ވަނީ އިންކާރުކޮށްފައެވެ.

އެހެންނަމަވެސް މި ހުކުމުގައި ބުނެފައިވަނީ ޝައިބާން ދައުވާއަށް އިންކާރު ކުރުމުން، ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށާއި، ޤަރީނާތަކަށް ބެލުމުން، މި މައްސަލައިގައި ޝަކުވާކުރި ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްކަމަށެވެ. އަދި ޝައިބާންއާ ގުޅޭގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުބައި ނިޔަތެއް ޝަކުވާކުރި ކުއްޖާގެ ކިބައިގައި އޮތްކަން އެނގެން ނެތްކަމަށް މި ހިކުމުގައި ވަނީ ބުނެފައެވެ،

އެހެންކަމުން މި މައްސަލައިގައި ޝަކުވާކުރި ކުއްޖާގެ ހެކިބަހަކީ ތެދު ހެކިބަހެއްގެ ގޮތުގައި ޝަރީޢަތުގެ މަޖިލީހުން ވަނީ ގަބޫލުކޮށްފައެވެ. ކްރިމިނަލް ކޯޓުން ވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ މި ދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. ޝައުބާނުގެ މައްޗަށް މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ދިހަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.