English Edition
Dhivehi Edition

ވިލާކޮލެޖު (ވީސީ) ގެ ޖެނުއަރީ އިންޓޭކުގައި އެއްކުއްޖަކަށް ހިލޭ ސްކޮލާޝިޕެއްދޭނެ ކަމަށް އެ ކޮލެޖުން ބުނެފިއެވެ.

އެ ސްކޮލަޝިޕް ދިނުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ އިންޓޭކުގައި ފެށުމަށް ހަމަޖެހިފައިވާ “ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ އޮޕަރޭޝަންންމި ކުދިންގެ ތެރެއިން ކުއްޖަކު އެޕްލައިކޮށްފި ކަމަށްވާނަމަ އެކުއްޖަކަށް ސްކޮލާޝިޕްދޭ ގޮތަށް. އެ ތަމްރީން ހަދާފައިވާ ކުދިންގެ ތެރެއިން އެކަކަށްވުރެ ގިނަކުދިން ކުރިމަތިލައިފި ކަމަށްވާނަމަ ކުއްޖަކު ނަގާނީ ތައުމީ ފެންވަރާއި ކޯހުގެ ޕާފޯމަންސަށް ބަލާފައި،” ވިލާކޮލެޖު ހިތަދޫ ކެމްޕަހުން ވިދާޅުވިއެވެ.

މި ސްކޮލާޝިޕް ލިބޭ ދަރިވަރު ކިޔަވަންޖެހޭނީ ހިތަދޫ ކެމްޕަހުގައެވެ.

ވިލާކޮލެޖުގެ ޖެނުއަރީ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވައިލައިފައެވެ. އެ ފުރުސަތު ހަމަވާނީ ޑިސެމްބަރު 17 އަށެވެ.