English Edition
Dhivehi Edition

މަކަރާއި ހީލަތުގެ މަައްސަލައަކާއި ގުޅިގެން އަންހެނަކާއި ފިރިހެނަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ހޯދަމުންދަނީ ގދ. ތިނަދޫ، ވެސްޓްޕޯލްއިރު، އަޙްމަދު ސަލީމް (41އ) އާއި ދ. މީދޫ، ދުނބުރިމާގެ، މަރްޔަމް ރާމިޒާ (35އ) ކެވެ.

ފުލުހުން ބުނީ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި ދެ މީހުންގެ އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރާކަމަށެވެ.

އެހެންކަމުން ފުލުހުން ވަނީ މި ދެމީހުންވެސް، 08 ޑިސެމްބަރު 2022 ވަނަ ދުވަހު 10:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށް ހާޒިރުވުމަށް އަންގާ އިއުލާންކޮށްފައެވެ.