English Edition
Dhivehi Edition

އަންނަ އަހަރުން ފެށިގެން ސާނަވީ ތައުލީމު ފެށޭ ގުރޭޑަކަށް، ގުރޭޑު 9 ހަމަޖައްސައިފިއެވެ. މިގޮތަށް ހަމަޖެއްސުމާ ގުޅިގެން މި ބަދަލާ އެއްގޮތަށް އަންނަ އަހަރުން ފެށިގެން ޢަމަލުކުރުމަށް ވަނީ ނިންމާފައެވެ.

މި ބަދަލަކީ، މަތީ ގުރޭޑުތައް ޤައުމީ މަންހަޖުގެ ދަށަށް ބަދަލުކުރުމުން ގެނައި ބަދަލެއް ކަމުގައިވާއިރު، އަންނަ އަހަރުން ފެށިގެން ގްރޭޑު 8 ހިމެނޭނީ ކީ ސްޓޭޖުގެ ތެރޭގައެވެ. އާ މަންހަޖުގެ ކީ ސްޓޭޖު ތިނެއްގައި، ގްރޭޑް އަށެއް ހިމެނުމާ އެކު ދަރިވަރުން ކިޔަވާ ބިޒްނަސް ސްްޓްރީމާއި ސައިންސް ސްޓްރީމް އަދި އާޓްސް ސްޓްރީމްގެ މާއްދާތައް ކިޔަވާނީ އެއްކޮށްލައިގެންނެވެ. އަދި ވަކި ސްޓްރީމެއް ކަނޑައަޅަން ޖެހޭނީ ގްރޭޑު ނުވައެއްގަ އެވެ.

އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގެ ތަޢުލީމު ހަތަރު ސްޓޭޖަކަށް ބަލާހާފައިވާއިރު، ކީ ސްޓޭޖު އެކެއްގައި ހިމެނެނީ ގްރޭޑް 1، 2 އަދި 3 އެވެ. އަދި ކީ ސްޓޭޖު ދޭއްގައި ގްރޭޑް 4، 5 އަދި 6 ހިމެނޭއިރު ކީ ސްޓޭޖު ތިނެއްގައި ހިމެނެނީ ގްރޭޑު 7 އަދި 8 އެވެ. އަދި ކީ ސްޓޭޖު ހަތަރަކީ ގްރޭޑް 9 އަދި 10 އެވެ.

އާ މަންހަޖުގެ ދަށުން ގްރޭޑު ހަތަކަށް މި އަހަރު އައި އެންމެ ބޮޑު ބަދަލަކީ ދަރިވަރުންގެ ފެންވަރު ވަޒަން ކުރާ ގޮތެވެ. އެގޮތުން ޓާމް ޓެސްޓުގެ ބަދަލުގައި ދަރިވަރުން ބޮޑަށް އެސެސް ކުރަނީ ފިލާވަޅު ނަގައިދޭ ގަޑީގަ އާއި ކްލާހާއި ގޭގައި ހަދަން ދޭ މަސައްކަތާއި ޕްރޮޖެކްޓުތަކުންނެވެ.