މ. ނިރުފެހި ގެ ސާފު ކުރަމުން ދަނިކޮށް ފެނުނު ފައިތިލައިގެ ޑީއެންއޭ ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މަހުގެ ނުވަ ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ ނިޔާވެފައެވެ، އަދި އައިޖީއެމްއެޖްގައި އެކަކަށް ފަރުވާދެމުން އަންނައިރު އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ. މި ހާދިސާ އާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންތައްތައް ބަލާ ތަހުގީގުކުރަމުން އަންނައިރު ފުލުހުން ބުނީ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންނާއި ފަހުން ފެނުނު ފައިތިލައިގެ ޑީއެންއޭ ސާމްޕަލް ނަގައި ތަހުލީލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
މަރުވި މީހުންގެ ޖިންސުވެސް ވަކި ނުކުރެވޭ ވަރަށް ވަނީ އަނދާފައި: އެމްއެންޑީއެފް
މި ހާދިސާގައި މަރުވި ބައެއް މީހުންގެ ހަށިގަނޑުގެ ގުނަވަންތައް ވެސް ވަކިވެފައިވާއިރު މަރުވި މީހުންގެ ހަށިގަނޑުތައް ނެރެފައި ވަނީ ބޮޑީ ބޭގަށް އަޅައިގެންނެވެ. މި ހާދިސާގައި މަރުވެފައިވަނީ އިންޑިއާ އާއި ސްރީލަންކާގެ އިތުރުން ބަންގަލަދޭޝް މީހުންނެވެ.