English Edition
Dhivehi Edition
މ. ހައުސް ޕްލާޒާ ގޭގައި ރޯވި އަލިފާން ނިއްވުމުގައި ފަޔާ ފައިޓަރުން ހަރަކާތްތެރިވަނީ: ފޮޓޯ/އެމްއެންޑީއެފް

މާލޭގައި މިއަދު ހެނދުނު ފަޅުގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދެ ގެއެއްގެ ފެން ހޮޅިއަށް ގެއްލުންވެ، 55 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ ދެ ގެއެއްގެ މައި ފެންހޮޅިއަށް ލިބުނު ގެއްލުމާއި ގުޅިގެން އެކަން މަރާމާތުކުރެވެންދެން 2 ގެއަކުން 55 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދެވިފައި ވާނެ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޝީ ބިލްޑިން ކުރިމަތީގައި ހުންނަ މ. ހައުސް ޕްލާޒާގައެވެ. ގިނަ ދުވަސްތަކެއް ވަންދެއް ފަޅަށް ދޫކޮށްލާފައި ހުރި މިގޭގައި ހެނދުނު 06:35 ހާއިރު އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުމުން ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ، އެ ގޭގައި އަލިފާން ރޯވީ ގޭގައި ހުރި ކުނިތަކެއްގައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.