English Edition
Dhivehi Edition

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ކޯޒްވޭ ހެދުމުގެ މަޝްރޫޢު ދަނީ ކުރިއަށް ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ސްޕަން ޕައިލްތަށް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށެވެ. އަދި ސައިޓުގައި މިހާރު ކުރިއަށްދަނީ ބްރިޖް މަސައްކަތަށް ބޭނުންވާ ޝަޓަރިންގ އާއި ބާ ބެންޑިންގގެ މަސައްކަތްތައް ކަމަށެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ ދަށުން، 9,780 އަކަ މީޓަރުގެ ސރަހައްދެއްގެ ބިން ހިއްކުމާއި، 120 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 110 މީޓަރުގެ ބްރިޖެއް އެޅުން ހިމެނޭ ކަމަށެވެ. އަދި 332 މީޓަރުގެ އެޕްރޯޗް ރޯޑެއް ހެދުމާއި، ޕޭވިން މަސައްކަތް ކުރުމާއި، މަގުމަތީ ނިޝާނާއި މަގުބައްތި ހަރުކުރުން ވެސް ހިމެނޭ ކަމަށެވެ.

މި މަޝްރޫއަކީ 44.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.