English Edition
Dhivehi Edition

2023 ޖޫން 22 ވަނަ ދުވަހު ގދ.ފަރެސްމާތޮޑާ، ހުވަދޫ ސްކޫލްގައި ޓީމްބިލްޑިންގ ނަމުގައި ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ.

މި ހަރަކާތަކީ ހުވަދޫސްކޫލްގެ މުވައްޒަފުން މުޅި އަހަރު އެކުގައި، ބުރަމަސައްކަތްތަކެއް ކުރުމަށްފަހު، ސްކޫލް ޗުއްޓީ ދުވަސްވަރަށް މަސައްކަތުގެ މާހައުލާ ދުރަށް ދިއުމުގެ ކުރިން، މުވައްޒަފުން އެކުގައި، މަސައްކަތުގެ ބޭރުން ވަގުތުކޮޅެއް ހޭދަކޮށް ހިތްހަމަޖައްސާލުމުގެ އިތުރުން މުވައްޒަފުން ދިގު މުއްދަތުގައި، އެކުގައި ބުރަ މަސައްކަތްތަކެއް ކުރުމުގެ ތެރެއިން ދިމާވެފައިވާ ކުދިކުދި ހިތްހަމަ ނުޖެހުންތަކާއި، އަދި މަސައްކަތުގެ މާހައުލުގައި ހުންނަ ދަތި އުނދަގޫ ކަންކަން ފާހަގަކޮށް، އެކަންކަން ހިއްސާކުރުމާއި އެކު، އެކަންކަން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ފާހަގަކޮށް މަޝްވަރާގެ ތެރެއިން ހައްލު ހޯދުމަށް ބޭއްވުނު ހަރަކާތެކެވެ. އަދި ހާއްސަކޮށް ސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ، ވަރަށް ބުރަކޮށް ރެޔާއި ދުވާލު މަސައްކަތްކުރާ، ބަޔަކަށް ވެފައި، މިއިން ކޮންމެ މުވައްޒަފަކީ އާއިލާ ބެލެހެއްޓުމުގައި ޒިންމާދާރު ފަރާތްތަކަށްވާތީވެ، މަސައްކަތުގެތެރޭގައި އުޅެމުން އާއިލީ ޒިންމާ އާއި މަސައްކަތުގެ ޒިންމާ ، އަދި ހުސްވަގުތު ހޯދައި ހިންހަމަޖެހުން ހޯދުމާއި، އެކު މިކަންކަން މެނޭޖް ކުރުމަށް ހުރި ދަތިތައް ދަނެގަނެ އެކަންކަން އެއްހައެއްގައި އެއްވަރަކަށް ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން ދަނެގަނެ ހައްލު ހޯދުމަށް ކުރިއަށް ގެންދެވޭ ހަރަކާތް ތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

މިހަރަކާތުގެ ތެރެއިން ހަވާލުކުރެވޭ މަސައްކަތް ގަޑިއަށް ނިންމުމަށް ކުރެވިދާނެ ކަންކަމާއި، އަދި ގަޑިއަށް ނިންމަންޖެހޭ މަސައްކަތް އޭގެ ފުރިހަމަގޮތުގައި ނިންމުމަށް ބޭނުންކުރެވިދާނެ އުކުޅުތަކާއި، އަދި ލީޑަރޝިޕްގެ މުހިންމުކަމާއި، ކެތްތެރިވާންޖެހޭ ކަމާއި، ވަގުތު ކުޑަތަންވެފައި ވަނިކޮށް ކުރަންޖެހޭ ކަންކަން ވެން ނިންމުމުގައި ފަރުވާތެރިވެ، ސަމާލުކަންދޭންވީ ކަންކަމާއި، ކަންކަން ކުރުމުގައި ލީޑަރުންގެ ރޯލް މުހިންމު ކަމާއި، ކޮމިއުނިކޭޝަން އަކީ މަސައްކަތުގެ މާހައުލުގައި ވަރަށް މުހިންމު އެއްޗެއް ކަމާއި، މުވައްޒަފުންގެ މެދުގައި އޮންނަ ބޮންޑް ރަނގަޅުކޮށް، މައުލޫމާތު ބަދަލުކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑު މި ހަރަކާތުގެ ބައިވެރިންނަށްއެނގިގެން ދިޔަ އެވެ. އެކުގައި ގިނަމުވައްޒަފުންތަކެއް މަސައްކަތްކުރާއިރު އެކަކު އަނެކަކަށް، އިޙްތިރާމްކޮށް އިތުވާރު ކުރުމަކީ މިހުންމު ކަމެއްކަން މި ހަރަކާތްތަކުގެ ތެރެއިން އެނގިގެން ދިޔަ އެވެ.

3 ގަޑިއިރަށް ކުރިއަށް ގެންދެވުނު މިހަރަކާތްތަކުން ދަސްވި ކަންކަމުގެ ބޭނުންހިފައި، މި ފެށޭ އާއަހަރު މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ކަންކަން މެނޭޖްކުރުމަށް ވަރަށް ބޮޑު ލުއިސަފޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ޤަބޫލުކުރެވޭކަމަށް ހުވަދޫސްކޫލްގެ ޕްރިންސިޕަލް ޑރ ޝައިސްތާ ޢަލީ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަކުގައި މިފަދަ ސެޝަންތައް ވަގުތު ލިބޭވަރަކުން މުވައްޒަފުންނަށް ކުރިއަށް ގެންދެވޭނެ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.
މިހަރަކާތްތަކުގައި ހުވަދޫސްކޫލްގެ 28 މުވައްޒަފުން ގެ އިތުރުން ސްކޫލްގެ ޕްރިންސިޕަލް ބައިވެރިވެފައި ވެއެވެ.

މިހަރަކާތް ކުރިއަށް ގޮންގޮސް މިސެޝަންގެ ބައިވެރިންނަށް މައުލޫމާތުދެއްވީ ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަންގެ ފުލުހުން ކަމަށްވާތީވެ، އެކަމަށްޓަކައި ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނަށާއި، ދިވެހި ފުލުހުންގެ ޚިދުމަތަށް ހުވަދޫ ސްކޫލްގެ ފަރާތުން ޝުކުރު ދަންނަވާފައިވެއެވެ.