English Edition
Dhivehi Edition

ޝަރަފުއްދީން ސްކޫލުގެ 2016 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އެސްކޫލްގެ 10 އީ ގެ ދަރިވަރު ނަޒާހާ ރަޝީދު ހޮވިއްޖެއެވެ.

ރޭ ޝަރަފުއްދީން ސްކޫލް ހޯލުގައި ބޭއްވި މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި، ނަޒާހާ އަށް އެންމެ މޮޅު ދަރިވަރުގެ އިނާމް ހަވާލް ކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާން، ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް އެމް.އެމެ.އޭގެ ގަވަރުނަރު އަހުމަދު ނަސީރެވެ.

ނަޒާހާވަނީ ޝަރަފުއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ އިތުރުން ޖިސީއީ އޯލެވެލް އިމްތިޙާނުގައި ގައުމީ ގަދަ ދިހައެއްގެ އެއްވަނައިގައިވެސް ހިމެނިފައެވެ.

ރޭގެ ހަފްލާގައި ވަނީ ހުރިހާ ގޮތަކުން އެންމެ މޮޅު ތިން ދަރިވަރުން ހޮވާފައެވެ. އެގޮތުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންގެ ތެރެއިން ދެވަނަ އަށް ގޮސްފައިވަނީ އެ ސްކޫލްގެ 10 އީ ގެ ދަރިވަރެއް ކަމުގައިވާ ފަތުމަތު ރަފާ އަހުމަދެވެ. ރަފާވަނީ މުޅި ދުނިޔެއިން އޯލެވެލް އިންގިރޭސި މި މާއްދާއިން 9 ވަނަ ހާސިލްކޮށްފައެވެ. ތިންވަނަ ލިބިފައިވަނީ 10 ޑީ ގެ ދަރުވަރު ފާތުމަތު އިޒްހާ އިސްމާއިލް އަށެވެ.

މި ތިން ދަރިވަރުންވެސް ވަނީ ގައުމީ ގަދަ ދިހައެއްގެ އެއްވަނަ މަގާމު މިދިޔަ އަހަރު ހޯދާފައެވެ.

މި ހަފްލާގައި ނަޒާހާ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުމުން ހަފްލާގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން ވަނީ އެނާގެ ކާމިޔާބީގެ އަސްލަކީ ދޮންތަ ދެއްވި ހިއްވަރު ކަމުގައި ފާހަގަ ކޮށްފައެވެ.

އަދި ކާމިޔާބީ އަށް ވާސިލް ވުމަށް އެދޭ ނަމަ ފަސް ނަމާދު ޤާއިމް ކުރުމަަށާއި ކެނޑިނޭޅި ކާމިޔާބީ އަށްޓަކާ މަސަައްކަތް ކުރުމަށް ހުރިހާ ކުދިންނަށް ވެސް ނަޒާހާ ވަނީ ނަސޭހަތްތެރި ވެފައެވެ.

މިދިޔަ އަހަރު ޝަރަފުއްދީން ސްކޫލް އިން އޯލެވެލް އިމްތިހާނުން ގައުމީ ގަދަ ދިހައެއްގައި 30 ކުދިން ވަނީ ހިމެނިފައެވެ. އަދި މީގެ ތެރެއިން 6 ކުދިން ވަނީ އެށްވަނަވެސް ހާސިލްކޮށްފައެވެ.

މި ޙަފްލާގައި ވަނީ ޝަރަފުއްދީން ސްކޫލް މި ދިޔަ އަހަރު ޔުނިފޯމް ހަރަކާތްތަކުން އެންމެ މޮޅު ދަރިވަރުންނާއި އަދި ގްރޭޑް 8، 9 އަދި 10 ގެ އެކި ވަނަތަށް ހާސިލް ކޮށްފައިވާ ދަރިވަރުންނަށް އިނާމްތައް ހަވާލް ކޮށްފައިއެވެ.

މި ހަފްލާގައި އެމް.އެމް.އޭގެ ގަވަރުނަރުގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު، އައްޑޫ ސީޓީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް އަދި އައްޑޫގައި ތިއްބަވާ ސަރުކާރުގެ އެކި އިދާރާ ތަކުގެ އިސްވެރިން ވަނީ ބައިވެރި ވެފައެވެ.