English Edition
Dhivehi Edition

ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅި ތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެެވެ.

ފުލުހުން ބުނީ އާންމު ފަރާތަކުން ލިބުނު މައުލޫމާތަކާއި ގުޅިގެން ނޮވެމްބަރ 2 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ، އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑުތަކެއް ބަލައިފާސްކުރިއިރު 64 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.