English Edition
Dhivehi Edition
ފޮޓޯ: ކުޅިވަރު.ކޮމް

ގއ ވިލިނގިލި އިންޓަރ އޮފީސް ބަށި މުބާރާތުގެ ތިން ވަނަ މެޗްގައި ވިލި ޕޮލިސް ކްލަބާއި އަތޮޅު ހޮސްޕިޓަލް ވާދަކޮށްފައިވާއިރު މި ދެ ޓީމްގެ ސްކޯރ އެއްވަރު ވެއްޖެއެވެ.

ވިލިނގިލީގައި ކުރިއަށްދާ އިންޓަރ އޮފީސް ބަށި މުބާރާތުގެ ދެވަނަ، ތިންވަނަ އަދި ހަތަރު ވަނަ މެޗް އިއްޔެ ހަވީރު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދެވަނަ މެޗްގައި ބައްދަލުކުރީ ޓީމް ފެނަކަ އަދި ވިލި ޕޮލިސް ކްލަބެވެ. ޓީމް ފެނަކަ 07 ލަނޑު ހޯދާފައިވާއިރު، 08 ލަނޑު 11 ފޯލިން ވިލި ޕޮލިސް ކްލަބް ވަނީ ކާމިޔާބު ކޮށްފައެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޓީމުގެ ޝަރީފާ އިސްމާޢީލް އެވެ.

ފޮޓޯ: ކުޅިވަރު.ކޮމް

3 ވަނަ މެޗްގައި ގއ އަތޮޅު ހޮސްޕިޓަލާއި ވިލި ޕޮލިސް ކްލަބް ބައްދަލްކޮށްފައިވާއިރު 07 ލަނޑު 11 ފޯލިން މި ދެ ޓީމުގެ ސްކޯރް ވަނީ އެއްވަރުވެފައެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިލި ޕޮލިސް ކްލަބްގެ ޙަދީޖާ ނިޢުމާއެވެ.

ފޮޓޯ: ކުޅިވަރު.ކޮމް

އިއްޔެ މި މުބާރާތުގެ ހަތަރު ވަނަ މެޗް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މެޗްގައި ޓީމް ފެނަކަ އަދި ގއ. އަތޮޅު ތަޢުލީމީ މަރުކަޒު ބައްދަލްކޮށްފައިވާއިރު ގއ. އަތޮޅު ތަޢުލީމީ މަރުކަޒު ވަނީ ބޮޑު ތަފާތަކުން ކުރި ހޯދާފައެވެ. އެ ގޮތުން ޓީމް ފެނަކަ 06 ލަނޑު 11 ފޯލި ދީފާއިވާއިރު ގއ. އަތޮޅު ތަޢުލީމީ މަރުކަޒު ވަނީ 15 ލަނޑު 11 ފޯލިން ކުރި ހޯދާފައެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަތޮޅު ތަޢުލީމީ މަރުކަޒުގެ ޝަދީދާ އިސްމާޢީލްއެވެ.

ފޮޓޯ: ކުޅިވަރު.ކޮމް

އަދި މީގެ އިތުރުން މި މުބާރާތުގެ ފުރަތަމަ މެޗް މި މަހުގެ 01 ވަނަ ދުވަހު ކުޅެފައިވާއިރު ގއ. އަތޮޅު ތަޢުލީމީ މަރުކަޒާއި އަތޮޅު ހޮސްޕިޓަލް ބައްދަލްކޮށް އަތޮޅު ތަޢުލމީ މަރުކަޒު ވަނީ ކުރި ހޯދާފައެވެ. އެގޮތުން 11 ލަނޑު 10 ފޯލި އަތޮޅު ތަޢުލީމީ މަރުކަޒު ހޯދިއިރު، އަތޮޅު ހޮސްޕިޓަލް ވަނީ 07 ލަނޑު 11 ފޯލި ދީފައެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގއ. އަތޮޅު ތަޢުލީމީ މަރުކަޒް ޓީމުގެ މަރިޔަމް ސާފް މަލާއެވެ. .

ފޮޓޯ: ކުޅިވަރު.ކޮމް

މި މުބާރާތުގައި ޖުމްލަ 04 ޓީމެއް ވާދަކުރެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުމަށް ހަމަޖެހިފައިވާ މި މިބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ..

އެގޮތުން މިއަދު ކުޅެން ހަމަޖެހިފައިވަނީ ގއ. އަތޮޅު ހޮސްޕިޓަލާއި ޓީމް ފެނަކަ އަދި ވިލި ޕޮލިސް ކްލަބާއި ގއ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.