English Edition
Dhivehi Edition

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފުރަތަމަ ފަހަރަށް ލޮލުގެ ފުސް ކެހުމުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.

މިއަދު މި އޮޕަރޭޝަން އޭއީއެޗްގައި ކޮށްފައިވަނީ އިންޑިއާގެ އެސޯސިއޭޓް ޕްރޮފެސަރު ޑރ. ޕޫޖާއެވެ.

އޭއީއެޗްގައި ލޮލުގެ ފުރަތަމަ ފުސް ކެހުމުގެ އޮޕަރޭޝަން (ކެޓަރެކްޓް ސާޖަރީ) މިއަދު ކާމިޔާބުކަމާއެކު ކޮށްފައިވާ އިރު އެ ހޮސްޕިޓަލުން ބުނީ މިއީ އޭއީއެޗްގައި ކުރެވުނު ފުރަތަމަ ފުސް ކެހުމުގެ އޮޕަރޭޝަން ކަމުގައި ވީނަމަވެސް މި އޮޕަރޭޝަން ކުރުމުގައި ހިމެނޭ ޓީމާއި ލޮލުގެ ޑޮކްޓަރަކީ މިފަދަ އެތަށް ސާޖަރީއެއް ކާމިޔާބުކަމާއެކު ކުރައްވާފައިވާ ޑޮކްޓަރެއްކަމަށެވެ،

އިތުރަށް އޭއީއެޗް އިން ބުނީ މިފަދަ އިތުރު އޮޕަރޭޝަންތައް ކުރުމަށް މިހާރު އެ ހޮސްޕިޓަލުގައި ތާވަލުކުރެވިފައިވާކަމަށެވެ،

ލޮލަށް ފުސް އެރުން (ކެޓަރެކްޓް) އަކީ އާއްމުކޮށް އުމުރުން ދުވަސް ވެފައިވާ މީހުންނަށް ދިމާވާ މައްސަލައެކެވެ. ލޮލުގެ ލެންސަށް ފުސް އެރުމުން އޮޕަރޭޝަންކޮށް އާ ލެންސެއް ނުލައްވާނަމަ ބަލިމީހާގެ ލޮލުގެ ފެނުން މަޑުމަޑުން ގެއްލިގެން ގޮސް ލޯ އަނދިރިވެދާނެއެވެ.