English Edition
Dhivehi Edition

ކޮވިޑް19 އަށް ޓެސްޓްކުރުމަށް، އައްޑޫ އިން ނަގާ ބައެއް ސަމްޕަލްތައް މާލެއަށް ފޮނުވަމުންދާކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފު ސާދާތު (ސާތު) ވިދާޅުވެއްޖެއެވެ.

‘އޭއޯ ނިއުސް’ އިން ކުރި ސުވާލަކަށް ޖަވާބުދެެއްވަމުން ސާތު ވިދާޅުވީ އައްޑޫގައި ނަގާ ސާމްޕަލްތައް 50 އަށްވުރެ ގިނަވެއްޖެނަމަ، އެ ސާމްޕަލްތައް ޓެސްޓްކުރުމަށް މާލެ ފޮނުވަމުންދާކަމަށެވެ. “ބޭނުންވަނީ ކިއުގައި ގިނަ މީހުން ބޭތިއްބުމުގެ ބަދަލުގައި ވިހާވެސް އަވަހަކަށް ސާމަޕަލްތައް ނަގާ ނަތީޖާ ލިބިގެން ދިއުން.” ސާތު ވިދާޅުވިއެވެ.

އައްޑޫގައި ހޯމްކަރަންޓީނަށް ފޮނުވާ މީހުންގެ ސާމްޕަލްތަކުގެ ނަތީޖާ ލިބުން ލަސްވަމުންދާ ކަމުގެ ޝަކުވާތައް އިތުރުވެފައިވާއިރު ސާތު ވިދާޅުވީ ހޮސްޕިޓަލަށް ސާމަޕްލަތަކުގެ ނަތީޖާ އެގުނު ނަމަވެސް އެކަން، ކަރަންޓީންގައި ތިބޭ މީހުންނަށް އަންގަނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކޮށް، ހޯމްކަރަންޓީނުން ދޫކޮށްލުމަށް އަންގާ ލިޔުން ލިބުމުން ކަމަށެވެ.

މި މަހުގެ 07 ވަނަ ދުވަހުން ފެށިގެން މާލެއިން އައްޑޫއަށް ހޯމްކަރަންޓީނަށް މީހުން ގެންނަން ފަށާފައިވާއިރު، މި ޖޫންމަހުގެ 20 ވަނަ ދުވަހުން ފެށިގެން އައްޑޫއިން ކޮވިޑް ޓެސްޓް ހެދުމުގެ އިންތިޒާމުތައްވަނީ ހަމަޖެހިގެން ގޮސްފައެވެ. އައްޑޫގައި ކޮވިޑް-19ގެ މެޑިކަލް ފެސިލިޓީއެއްގެ ގޮތުގައި އައްޑޫ ސިޓީގެ ރީޖަނަލް ހޮސްޕިޓަލް ބޭނުންކުރަމުން އަންނައިރު ކޮވިޑް-19އަށް ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.

މާލެ ސިޓީގެ ލޮކްޑައުންއަށް ފަހު، އެނބުރި ރަށްރަށަށް ދާ މީހުން ރަށަށް ދިއުމަށްފަހު ގޭގައި ކަރަންޓީން ކުރެވޭގޮތަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން)ނިންމާފައވަނީ ވަކި އުސޫލުތަކެއްގެ ދަށުންނެވެ