English Edition
Dhivehi Edition

ގދ. ހޯނޑެއްދޫގައި އަލަށް ތަރައްގީކުރާ ބަނދަރު ބޭނުންކުރާނެ އުސޫލްތަކެއް އެރަށު ކައުންސިލުން ހަމަޖައްސައިފިއެވެ.

އެކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކަނޑުގައި ދުއްވާ އުޅަނދުފަހަރުތައް ލަފާފުރުމާއި، މުދާބޭލުމާއި މުދާއެރުވުމަށް އެސަރަހައްދުގައި ކައުންސިލުން ފާގަކޮށް ބަހައްޓާފައިވާ ބޯޑު ތަކުގައި ބަޔާން ކޮށްފައިވާ ގޮތާއި އެއްގޮތަށް 22 އޮކްޓޯބަރ 2022 ވާ ހޮނިހިރު ދުވަހުންފެށިގެން އަމަލު ކުރެއްވުމަށެވެ.

މި ބަނދަރަކީ ޒަމާނީ ފެންވަރަށް ފަރުމާކޮށް 2020 ވަނަ އަހަރުގެ ފަހުކޮޅު ސަރުކާރުން ތަރައްގީ ކުރަންފެށި ބަނދަރެކެވެ. ބަނދަރު މަޝްރޫއުގެ 80 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

9.3 ހެކްޓަރުގެ ހޯނޑެއްދޫ އަކީ ދަނޑުވެރިކަމަށް މަޝްހޫރު ރަށެކެވެ. މިރަށަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުވުމުން، އިގްތިސާދީ ފައިދާތައް ލިބިގެންދާނެއެވެ.