English Edition
Dhivehi Edition

އދ ގެ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުވުމުގެ ދައުރު ނިމުމާ ގުޅިގެން ދިވެހިރާއްޖޭގެ ޙާރިޖީ ވަޒީރު އަބްދުﷲ ޝާޙިދަށް ދުނިޔޭގެ އެކި ގައުމުތަކުން އދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މައުންދޫބުން ވަނީ ތައުރީފު ކޮށްފައެވެ. މިނިސްޓަރ ޝާޙިދު އދ ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވާފައިވަނީ އެ މަޖިލީހުގެ 76 ވަނަ ސެޝަންގަ އެވެ. އދ. އާންމު މަޖިލީހުގައި ނެގި ވޯޓުގައި، އދގެ މެމްބަރު 193 ގައުމުގެ ތެރެއިން 191 ގައުމު ވޯޓުގައި ބައިވެރިވިއިރު، 143 ގައުމުންވަނީ އަބްދުﷲ ޝާހިދުއަށް ވޯޓު ދެއްވާފައެވެ

މިދިޔަ ސެޕްޓެމްބަރ 13 ވަނަ ދުވަހު މަގާމުގެ ދައުރު ހަމަވި އިރު އދ ގެ އެކި ގައުމު ތަކުގެ އިސްވެރިން ވަނީ އެ މަނިކުފާނުގެ ” އުންމީދުގެ ރިޔާސަތުގެ” ކާމިޔާބަށް މަރުޙަބާ ކިޔުއްވާ ތައުރީފު ކޮށްފައެވެ.

ބޮޓްސްވާނާ އިން އދ އަށް ހަމަޖައްސަވާފައިވާ ސަފީރު ކޮލެން ވިކްސެން ކެލަޕިލް:

“ދުނިޔެ އަށް ދިމާވެފައިވާ ދަތި ވަގުތެއްގައި މިނިސްޓަރ ޝާޙިދު ފަދަ ކުޅަދާނަ ވެރިއެއް ފޯރުކޮށް ދިނީތީ ރާއްޖޭގެ ރައީސުލްޖުމްޙޫރީއްޔާ އާއި ހުރިހާ ދިވެހި ރައްޔިތުންނަށާއި މުޅި ދިވެހިރާއްޖެ އަށް އަޅުގަނޑުމެން ޝުކުރުވެރިވަން. އަދި ކުރި މަސައްކަތްތައް ކާމިޔާބު ކުރެއްވުމަށްޓަކައި މިނިސްޓަރ ޝާޙިދަށް އަށް ވުރެ ރަނގަޅު ބައިވެރިޔަކު ނުލިބޭނެ.” ކޮލެން ވިދާޅުވިއެވެ. އުންމީދެއް ބޭނުންވެފައިވާ ދަނޑިވަޅަކު މިނިސްޓަރ ވައުދުވި ގޮތަށް މަސައްކަތް ކުރެއްވީތީ ކޮލިން ވަނީ އެ މަނިކުފާނަށާއި ދިވެހި ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

އާރޖެންޓީނާ އިން އދ އަށް ހަމަޖައްސަވާފައި އިންނަވާ ސަފީރު މާރިއާ ޑެލް ކާރމެން ސްކުއެފް:

“މިނިސްޓަރ ޝާޙިދު ހުރިހާ ގައުމުތަކާއި އެކު ވެސް ވަރަށް ގާތްގުޅުމެއް ބޭއްވި. އެއްވެސް ގައުމެއް އެކަހެރި ނުކޮށް އިޙުލާސްތެރިކަމާ އެކު ހުރިހާ ގައުމަކުން ވެސް ހުށަހަޅާ ހުށަހެޅުންތަކާއި ވާހަކަތައް އަޑުއެއްސެވި.” މާރިއާ ވިދާޅުވިއެވެ. އިތުރަށް މާރިއާ ވަނީ މިންތީގެ ހަމަހަމަ ކަމަށް ވަރަށް ބޮޑު މުހިންމު ކަމެއް ދޭން ޖެހޭ ދުވަސްވަރެއްގައި އެ މަނިކުފާނު މިންތީގެ ހަމަހަމަ ކަމަށް ދެއްވި އިސްކަން ފާހަގަކުރައްވާފައެވެ.

މޮރޮކޯ އިން އދ އަށް ހަމަޖައްސަވާފައިވާ މަންދޫބު އޮމަރް ޙިލާލް:

“ފަސޭހަ މަސައްކަތަކަށް ނުވި ކަމުގައި ވިޔަސް އެ މަނިކުފާނުގެ ކުޅަދާނަ ހުނަރާއި، ޑިޕްލޮމެސީ އާއި ޙާރިޖީ ދާއިރާގައި ކުރައްވާފައިވާ މަސައްކަތާއި ހޭލުންތެރިކަމުގެ ސަބަބުން ފަސޭހަކަމާއެކު ހުރިހާ ގައުމުތައް ގުޅުވާލައިގެން ގިނަ އަދަދެއްގެ ގަރާރު ތައް އެކުލަވާލައި އދ އަށް އިތުރު މަގުބޫލުކަމާއި ވިޒިބިލިޓީ ހޯދައިދެއްވި”. އޮމަރް ވިދާޅުވިއެވެ. މިނިސްޓަރ ޝާހިދު އދ ގެ އަޑު ދުނިޔޭގެ 35 ގައުމަކަށް ފޯރުކޮށްދިން ގޮތާއިމެދު ހިތްހަމަޖެހިވަޑައިގަތް ކަމަށް ވެސް މޮރައިން ވިދާޅުވެފައެވެ.

https://www.youtube.com/playlist?list=PLdl9VNEeW6IrWR6e1qEJLzBL64lKiFP45