English Edition
Dhivehi Edition

ދިވެހި މީޑިއާގެ އަޚްލާގީ މިންގަނޑު އިސްލާހުކޮށް މީޑިއާތަކުން އޭގައި ސޮއިކޮށްފިއެވެ.

ދިވެހި މީޑިއާގެ އަޚުލާގީ މިންގަނޑަށް 11 އަހަރު ފަހުން ގެނައި އިސްލާހުގައި ސޮއިކޮށްފައިވަނީ، އެކަމަށް ހާއްސަކޮށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގެ 60 ހަށް ވުރެ ގިނަ މީޑިއާތަކުން ސޮއިކުރި މިއިސްލާހުގައި ޚަބަރެއްގައި ގޯސް މައުލޫމާތެއް ވާނަމަ އެކަން ރަނގަޅުކޮށް، އެ ރަނގަޅުކުރި ވާހަކަ ބުނަން ވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ޚަބަރެއް ނެގި ނަމަވެސް، އެ ޚަބަރު ނަގަން ޖެހުނީ ކީއްވެކަން ބަޔާން ކޮށްދޭން ޖެހޭނެ ކަމަށް މި ފަހަރު ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

ކުރިއަށް އޮތްތާނގަ ކޮންމެ މީޑިއާއަކުންވެސް އެ މީޑިއާއެއް އަމަލުކުރަން ޖެހޭ އަޚުލާގީ މިންގަނޑެއް އެކުލަވައިލަން ޖެހޭއިރު މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު ހަސަން ވިދާޅުވީ އިސްލާހު ކުރެވުނު ކޯޑް އޮފް އެތިކްސް އަކީ ހުރިހާ މީޑިއާ އަކުން އެއްތާކު ތިބެގެން އިސްލާހު ކުރި އެއްޗެއްކަމަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ ދިވެހި މީޑިއާ ކޮންމެ މީހަކީ މި އަހްލާގީ މިންގަނޑަށް ތަބާވާ އަދި މި އަހްލާގީ މިންގަނޑަށް އަހުލުވެރި މީހަކަށް ވާންވާނެކަމަށެވެ. އަދި ހަބަރާއި މަޢުލޫމާތު ހޯދައި އަދި ފެތުރުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުން މި މިންގަނޑާ އެއްގޮތަށް އަމަލުކުރަން ޖެހޭނެކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.