English Edition
Dhivehi Edition

ޒަމާނަށް އަންނަ ބަދަލުތަކާއި އެކު އަޅުގަނޑުމެން ދިވެހިންގެ ދިރިއުޅުމަށް ބަދަލުތަކެއް އައިސްފައިވި ނަމަވެސް، ދިވެހިންގެ އާދަކާދައާއި ހުނަރުވެރިކަން ފެނިގެން ދިއުމަކީ މިއަދު އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމަކެވެ. ކުރީ ޒަމާނުގައި އެކިއެކި ބަލި ބައްޔަށް ފަރުވާދެވޭނެ ބޮޑެތި ވަސީލަތްތަކެއް ނެތަސް އެ މަސައްކަތްތައް ވަރަށް ފުރިހަމަ ކަމާއި އެކު ކުރި ދުވަސްތަކެއްވެސް ދިޔައެވެ. މާބަނޑު އަންހެނުން ބަނޑު މޮޑެދޭ ވާހަކަ އަޑުއަހަމު ހެއްޔެވެ؟ މާބަނޑު އަންހެނާ ހިނގާ ހިނގުމަށް ބަލާފަ ތިބާ ބަނޑު ބޮޑު ނޫންހޭ ބުނާ މީހުންވެސް އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ. އަދި ފޫޅުމައިން އެއްވެސް ވަސީލަތަކާ ނުލާ މާބަނޑު އަންހެނުން ވިއްސާވާހަކައާއި،ކީރިތި ޤުރުއާން އުގަންނައި ދިނުމާއި، ދިވެހި ބޭސްވެރިކަމާއި އަތްތެރި މަސައްކަތްތައް ކޮށް އުޅުނު މީހުންވެސް މަދެއް ނޫނެވެ. އަދިވެސް މި ކަންތައް މަދުމަދުން ނަމަވެސް ކޮށް އުޅޭ ކަން ފާހަގަކުރެވެއެވެ. ކަން އެހެން އޮތް ކަމުގައި ވީނަމަވެސް މިފަދަ ހިދުމަތްތައް ދައުތަލަށާއި ރަށުގެ ތަރައްޤީއަށްޓަކައި ކޮށްދދެއްވާފައިވާ ބޭފުޅުން، އެ ބޭފުޅުންގެ އެ މަސައްކަތްތަކުގެ އަގުވަޒަންކުރި ސަރުކާރެއް މުވައްސަސާއެއްވެސް ނެތެވެ. މި ބޭފުޅުންނަކީ އެއްވެސްޒަމާނެއްގައި މިފަދަ ޚިދުމަތެއް ދިން ބައެއް ކަމެއް ފަހުގެ ޖީލުތަކަށް ނުވެސް އެނގޭނެއެވެ.

މިއަދު ގއ. ފެމިލީ އެންޑް ޗިލްޑްރެންސް ސާރވިސަސް ސެންޓަރ އިން ވަނީ ބައިނަލް އަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހު މިދެންނެވިފަދަ ބޭފުޅުންގެ އަގުވަޒަންކޮށްގެން ވިލިނގިލީގެ ތާރީޚު ބަދަލުކޮށްލާފައެވެ. ވިލިނގިލީގައި ދިރިއުޅޭ 55 އަހަރުން މަތީގެ ކަނބަލުންގެ ތެރެއިން 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށާއި ރަށުގެ ތަރައްޤީއަށް މަސައްކަތްކުރައްވާފައިވާ ކަނބަލުންނަށް ޚިދުމަތުގެ އައްޑަނަ ހަވާލުކޮށް ވިލިނގިލި ތާރީޚުގައި އެކަނބަލުންގެ ނަންތައް ރަންއަކުރުން އެވަނީ ލިޔެ ބިންވަޅު ނަގާފައެވެ.

ގއ. ފެމިލީ އެންޑް ޗިލްޑްރެންސް ސާރިސަސް ސެންޓަރ އިން 29 ކަނބަލަކަށް އައްޑަނަ ހަވާލުކޮށްދެއްވިއިރު މި ކަނބަލުން ކުރައްވާފައިވާ މަސައްކަތްތައް ވަރަށް ކުރުކޮށް ތަފްސީލް ކޮށްލެވޭތޯ ބަލާނަމެވެ.

ޢައިޝަތު ވަހީދާ، ހިޔަލީގެ/ގއ. ވިލިނގިލި

އައިޝަތު ވަހީދާ އަކީ 25 އަހަރަށްވުރެ ދިގު މުއްދަތަކަށް މުޖުތަމަޢުއަށް ހިދުމަތްކޮށްފައިވާ ކަނބަލަކެވެ. އޭގެތެރޭގައި ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމާއި، ވިލިނގިލި ފޫޅުމާކަން ކުރުމާއި، ކީރިތި ޤުރުއާނު އުނގަންނައި ދެއްވުމަށް 20 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްފައިވުން އަދި މީގެ އިތުރުން އަތްތެރި މަސައްކަތުގެ ގޮތުގައި ފެހުމާއި ގެތުމުގެ އިތުރުން ދިވެހި ލިބާސް ތައްޔާރު ކުރުން ހިމެނެއެވެ.

ދޮންބީފާނު، މާޖެހިގެ/ގއ. ވިލިނގިލި

ގއ. ވިލިނގިލި އެފް.ސީ.އެސް.ސީން އައްޑަނަ ހަވާލް ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދޮންބީފާނު (ދޮންބިދައްތަ) އަކީ ކީރިތި ޤުރުއާން އުންގަންނައި ދެއްވުމުގައި 15 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ކަނބަލެކެވެ. އަދި ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ސްކޫލް ޕީޓީއޭ ގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ކަނބަލަކެވެ. އަދި މީގެ އިތުރުން އަތްތެރި މަސައްކަތުގެ ގޮތުގައި ކުނާވިޔުމާއި، ފެހުމާއި މާޖެހުމުގެ އިތުރުން ދިވެހި ބޭސްވެރިކަން ކުރައްވާފައި ވެއެވެ.

އާމިނަތު ރަޝީދާ، އެޅެހެށިވިލާ/ގއ. ވިލިނގިލި

ގއ. ވިލިނގިލި އެފް.ސީ.އެސް.ސީން އައްޑަނަ ހަވާލް ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އާމިނަތު ރަޝީދާ (ދޮންބިފާންތަ) އަކީ ކީރިތި ޤުރުއާން އުންގަންނައި ދެއްވުމުގައި 15 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ކަނބަލެކެވެ. އަދި ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ސްކޫލް ޕީޓީއޭ ގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވިއެވެ. މީގެ އިތުރުން، އަތްތެރި މަސައްކަތު ގޮތުގައި، ކުނާވިޔުމާ، ފެހުމާއި މާޖެހުން،އަދި ލޮލުގެ ދިވެހި ބޭސްވެރިކަން ކުރުން ހިމެނެއެވެ.

ދޮންބީފާނު، އަންދަލީބުގެ/ގއ. ވިލިނގިލި

ދޮންބީފާނަކީ، 17 އަހަރު ދުވަހު މުޖުއަމަޢުއަށް ހިދުމަތްކުރައްވާފައިވާ ކަނބަލެކެވެ. އޭގެތެރޭގައި، ކީރިތި ޤުރުއާން އުނގަންނައި ދެއްވުމުގެ މަސައްކަތްކުރުމާއި، ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ސުކޫލް ޕީޓީއޭ ކޮމިޓީގައި 5 އަހަރު ވަންދެން މަސައްކަތްކޮށްފައިވުން. އަދި މީގެ އިތުރުން އަތްތެރި މަސައްކަތުގެ ގޮތުގައި، ކުނާވިޔުން، ފެހުމާއި މާޖެހުން، ދިވެހި ބޭސްވެރިކަން ކުރުން ހިމެނެއެވެ.

ރާމިޒާ ހަސަން، ވާދީގެ/ގއ. ވިލިނގިލި

ރާމިޒާ އަކީ 15 އަހަރަށްވުރެ ދިގު މުއްދަތަކަށް މުޖުތަމައުއަށް ޅިދުމަތްކުރައްވާފައިވާ ކަނބަލެކެވެ. އޭގެތެރޭގައި ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަން އަދާކުރައްވާފައިވެއެވެ. އަދި އަތްތެރި މަސައްކަތުގެ ގޮތުގައި ފެހުމާއި މާޖެހުން، ދިވެހި ލިބާސް ހެދުން ހިމެނެއެވެ.

ހިލާލަތު އިސްމާޢީލް، ހިތްފަސޭހަގެ/ގއ. ވިލިނގިލި

ހިލާލަތު (ހިލާލައްތަ) އަކީ 15 އަހަރަށްވުރެ ދިގު މުއްދަތަކަށް މުޖުތަމައުއަށް ހިދުމަތްކުރައްވާފައިވާ ކަނބަލެކެވެ. އޭގެތެރޭގައި ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަން އަދާކުރައްވާފައިވެއެވެ. އަދި އަތްތެރި މަސައްކަތުގެ ގޮތުގައި ފެހުމާއި މާޖެހުން، ދިވެހި ލިބާސް ހެދުން ހިމެނެއެވެ.

ނާސިރާ މޫސާ، ޝަހީމާ މަންޒިލް/ގއ. ވިލިނގިލި

 

ނާސިރާ އަކީ 16 އަހަރު ދުވަހު މުޖުތަމައުއަށް ހިދުމަތްކުރައްވާފައިވާ ކަނބަލެކެވެ. އޭގެތެރޭގައި ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަން އަދާކުރައްވާފައިވެއެވެ.

 

ނަފީސާ ޙަސަން، އަލިތަރި/ގއ. ވިލިނގިލި

ގއ. ވިލިނގިލި އެފް.ސީ.އެސް.ސީން އައްޑަނަ ހަވާލް ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ނަފީސާއަކީ 16 އަހަރު ދުވަހު މުޖުތަމައުއަށް ހިދުމަތްކުރައްވާފައިވާ ކަނބަލެކެވެ. އޭގެ ތެރޭގައި ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަން ވަނީ ކުރައްވާފައެވެ. އަދި މީގެ އިތުރުން ނަފީސާއަކީ ވިލިނގިލީގައި މަރުވާ މީހުން ހިނެވުމުގެ މަސައްކަތް ދިގު މުއްދަތެއްގައި ކޮށްފައިވާ އަދިމިހާރުވެސް އެ މަސައްކަތް ކުރައްވަމުންދާ ކަނބަލެކެވެ.

 

މަރްޔަމް ރަޝީދާ، ބަހާރުގެ/ގއ. ވިލިނގިލި

މަރްޔަމް ރަޝީދާ އަކީ، 38 އަހަރު ދުވަހު ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ ކަނބަލެކެވެ. އަދާކުރެއްވި ވަޒީފާތަކަށް ބަލާލާއިރު، ގއ. އަތޮޅު އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރގެ މަޤާމް، ކާތިބާގެ މަޤާމް އަދި މިހާރު މަސައްކަތް ކުރައްވަމުން ގެންދަނީ ގއ. އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމް ހިމެނެއެވެ. މީގެ އިތުރުން ރަޝީދާ ވަނީ، 15 އަހަރުގެ މުއްދަތަކަށް ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަން އަދާކޮށްފައެވެ. އަދި އަތޮޅު ކުރިއަރުވާ ކޮމިޓީގެ މެމްބަރުކަމާއި ވިލިނގިލި ރަށް ކުރިއަރުވާ ކޮމިޓީގެ މެމްބަރުކަންވެސް ވަނީ އަދާކޮށްފައެވެ. އަދި ހަމައެހެންމެ ސަރުކާރުން ހިންގެވި އަސާސީ ތަޢުލީމު އުނގަންނައި ދޭ ޕްރޮގްރާމްގެ ތެރެއިން އެ ތަޢުލީމް އުނގަންނައި ދެއްވުމުގެ މަސައްކަތް އޭނާ ވަނީ ކުރައްވާފައެވެ.

 

ދޮންދީދީ، ފައިންބީޗް/ގއ. ވިލިނގިލި

ދޮންދީދީ އަކީ، 16 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ ކަނބަލެކެވެ. އޭގެތެރޭގައި، ވިލިނގިލި އިންޖީނުގޭގެ މަސައްކަތުގެ މަޤާމް އަދި ގއ. އަތޮޅު މީޑިއަރ ސެންޓަރުގެ މަސައްކަތުގެ މަޤާމް ފުރުއްވިއެވެ.

 

ފަރީޝާ، ދޫރެސް/ގއ. ވިލިނގިލި

ގއ. ވިލިނގިލި އެފް.ސީ.އެސް.ސީން އައްޑަނަ ހަވާލް ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފަރީޝާ އަކީ 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ ކަނބަލެކެވެ. ފަރީޝާ ވަނީ، މިސްކިތުގެ މަސައްކަތުގެ މަޤާމު އިތުރުން، އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަން ކުރައްވާފައެވެ. އަދި މަރުވާ މީހުންގެ ހިނެވުމުގެ ކަންތައްވެސް ގިނަ އަހަތުތަކެއް ވަންދެން ކުރެއްވައި އަދި މިހާރު ވެސް ކުރަމުންދާ ކަނބަލެކެވެ.

 

ޝަކީބާ ޙަސަން، ރެޑިއަމްގެ/ގއ. ވިލިނގިލި

ގއ. ވިލިނގިލި އެފް.ސީ.އެސް.ސީން އައްޑަނަ ހަވާލް ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޝަކީބާ އަކީ 32 އަހަރު ދުވަހު ސަރުކާރަށް ހިދުމަތްކުރައްވާފައިވާ އަދިވެސް ހިދުމަތުގައި ހުންނެވި ކަނބަލެކެވެ. ޝަކީބާ ވަނީ ގއ. ކޮމިޔުނިޓީ ސްކޫލްގެ މުދައްރިސް ކަން އަދާކުރައްވާފައެވެ. އަދި މިހާރުވެސް ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސްކަން ދަނީ ކުރައްވަމުންނެވެ. މީގެ އިތުރުން ޝަކީބާ ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީގެ މެމްބަރު ކަމާއި ރައީސް ކަން އަދާކޮށްފައެވެ. އަތޮޅު ކުރިއަރުވާ ކޮމިޓީއާއި ރަށް ކުރިއަރުވާ ކޮމިޓީގެ މެމްބަރު ކަންވެސް ޝަކީބާ ވަނީ އަދާކޮށްފައެވެ. އަތްތެރި މަސައްކަތުގެ ގޮތުގައި ފެހުމާއި މާޖެހުން، ކެއްކުމުގެ ދާއިރާއިން މީހުން ތަމްރީން ކުރުން ހިމެނެއެވެ.

 

ސަބީހާ އިބްރާހީމް، ވާރޭވިލާ/ގއ. ވިލިނގިލި

ގއ. ވިލިނގިލި އެފް.ސީ.އެސް.ސީން އައްޑަނަ ހަވާލް ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސަބީހާ އަކީ 26 އަހަރު ދުވަހު ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ ކަނބަލެކެވެ. އޭގެތެރޭގައި، ވިލިނގިލި ފޫޅުމާ ކަމާއި، މޯލްޑިވްސް ޕޮލިސް ސާރވިސްގެ މަސައްކަތުގެ މަޤާމް ހިމެނެއެވެ. މިހާރުވެސް ސަބީހާ ދަނީ ޕޮލިސް ސާރވިސްގެ މަސައްކަތުގެ މަޤާމް އަދާކުރައްވަމުންނެވެ. މީގެ އިތުރުން ސަބީހާ ވަނީ ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމާއި ވިލިނގިލި ތަރައްޤީއަށް ކުރެވޭ މަސައްކަތް ތަކާއި ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި ހިންގޭ ކުޅިވަރު ހަރަކާތްތަކުގައި އިސްވެ ހިލޭ ސާބަހަށް މަސައްކަތްކޮށްދީފައެވެ.

 

ދޮންދީދީ، ފުނަމާގެ/ގއ. ވިލިނގިލި

ގއ. ވިލިނގިލި އެފް.ސީ.އެސް.ސީން އައްޑަނަ ހަވާލް ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދޮންދީދީ ވަނީ 20 އަހަރުދުވަހު ސަރުކާރަށް ޚިދުމަތްކޮށްދިނުމުގެ ގޮތުން ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ މަސައްކަތުމީހެއްގެ މަޤާމް އަދާކުރައްވާފައެވެ.

 

ރަޝީދާ މޫސާ، ހުވަދުމާގެ/ގއ. ވިލިނގިލި

ރަޝީދާ ވަނީ 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތްކޮށްދީފައެވެ. އަދި ދިގު މުއްދަތަކަށް މުޖްތަމަޢުއަށް ޚިދުމަތް ކޮށްދީފައެވެ. މީގެ ތެރޭގައި ވިލިނގިލި އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަން ހިމެނެއެވެ.

 

މަރިޔަމް މަނިކެ، އަރާއިރު/ގއ. ވިލިނގިލި

ގއ. ވިލިނގިލި އެފް.ސީ.އެސް.ސީން އައްޑަނަ ހަވާލް ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

15 އަހަރަށްވުރެ ގިނަ ދުވަހަށް ގއ. އަތޮޅު ގޭގެ މަސައްކަތު މަޤާމާއި އަދި އެތަނުގެ ކައްކާ ގެމަޤާމް ވަނީ އަދާ ކޮށްފައެވެ.

 

ހަމިއްލަތު ޢަލީ، ސުވާސާގެ/ގއ. ވިލިނގިލި

ހަމިއްލަތު ވަނީ 16 އަހަރަށްވުރެ ގިނަ ދުވަހަށް ގއ. އަތޮޅު ގޭގެ މަސައްކަތު މަޤާމާއި އަދި އެތަނުގެ ކައްކާގެ މަޤާމް އަދާ ކޮށްފައެވެ. އަދި މީގެ އިތުރުން ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ހިދުމަތްކޮށްފައިވެއެވެ.

 

ޙަދީޖާ މަނިކެ، ދުވެލި/ގއ. ވިލިނގިލި

ޙަދީޖާ މަނިކެ އަކީ 15 އަހަރު ދުވަހު ސަރުކާރަށް ހިދުމަތްކޮށްފައިވާ އަދި 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް މުޖުތަމައުއަށް ހިދުމަތްކޮށްދީފައިވާ ކަނބަލެކެވެ. އޭގެ ތެރޭގައި، ވިލިނގިލި ފޫޅުމާކަމާއި ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަން ހިމެނެއެވެ..

 

މަރިޔަމްފާނު، މަރިޔާޒުގެ/ގއ. ވިލިނގިލި

މަރިޔަމްފާނު ވަނީ 16 އަހަރު ދުވަހު ސަރުކާރަށް ޚިދުމަތްކޮށްފައެވެ. އޭގެތެރޭގައި ގއ. ފެމިލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރގެ މަސައްކަތު މަޤާމް ހިނެމެއެވެ. މިހާރުވެސް ދަނީ އެ ސެންޓަރުގައި މި މަޤާމް އަދާކުރައްވަމުންނެވެ.

 

ޒުބައިދާ ހަސަން، ބިލަތްމާގެ/ގއ. ވިލިނގިލި

ޒުބައިދާ ވަނީ 16 އަހަރު ދުވަހު ސަރުކާރަށް ހިދުމަތްކުރެއްވުމުގެ ގޮތުން ވިލިނގިލި ފޫޅުމާކަން ކުރައްވާފައެވެ. އަދި މުޖުތަމައުއަށް ހިދުމަތްކުރެއްވުމުގެ ގޮތުން 25 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަން އަދާކުރައްވާފައެވެ. އަދި ނިމިގެން ދިޔަ 30 އަހަރުގެތެރޭ ވިލިނގިލީގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި ހިންގޭ ކުޅިވަރު ހަރަކާތްތަކުގައި އިސްވެ ހިލޭ ސާބަހަށް މަސައްކަތްކޮށްދީފައެވެ. ޒުބައިދާ އަކީ އަތްތެރި މަސައްކަތެއްގެ ގޮތުގައި ދިވެހި ލިބޭސް ހެދުމަށް ވެސް މޮޅު ކަނބަލެކެވެ.

 

އައިމިނަތު މަނިކެ. ފަތަކުމާގެ /ގއ. ވިލިނގިލި

އައިމިނަތު މަނިކެ ވަނީ 16 އަހަރު ދުވަސް ވަންދެން ވިލިނގިލި މިސްކިތުގެ މަސައްކަތުގެ މަޤާމް އަދާކުރައްވާފައެވެ. އަދި އަތްތެރި މަސައްކަތުގެ ގޮތުގައި ފެހުން، ގެތުން، ދިވެހި ލިބާސް ހެދުން ހިމެނެއެވެ.

 

ޒާހިރާ މޫސާ، ބޮލި/ގއ. ވިލިނގިލި

15 އަހަރަށްވުރެ ދިގު މުއްދަތަކަށް ވިލިނގިލި އިންޖީނުގޭގައި މަސައްކަތުގެ މަޤާމް އަދާކުރައްވާފައެވެ. އަދިވެސް އުޅުއްވަނީ މި މަޤާމް ގައެވެ. މީގެ އިތުރުން ޒާހިރާ ވަނީ ވިލިނގިލީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގައި މަސައްކަތްކޮށްފައެވެ. ޒާހިރާ އަކީ ދިވެހި ބޭސްވެރިކަމަށް ވެސް މޮޅު ކަނބަލެކެވެ.

 

ރަޝީދާ ޖައުފަރު، ޏަމްޏަމްގެ/ގއ. ވިލިނގިލި

ރަޝީދާ ވަނީ 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ވިލިނގިލި މިސްކިތުގެ މަސައްކަތުގެ މަޤާމް އަދާކޮށްފައެވެ.

 

ސަންފައިފާނު، ހަނދުވަރީގެ/ގއ. ވިލިނގިލި

ސަންފައިފާނު ވަނީ 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ގއ. އަތޮޅު ހޮސްޕިޓަލްގެ މަސައްކަތު މަޤާމް އަދާކޮށްފައެވެ. މީގެ އިތުރުން އަތްތެރި މަސައްކަތުގެ ގޮތުގައި ފެހުމާއި، ދިވެހި ލިބާސް ހެދުން ހިމެނެއެވެ.

 

ފާތިމަތު ދީދީ، މުގުރިގެ /ގއ. ވިލިނގިލި

ފާތިމަތު ދީދީ ވަނީ 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މަސައްކަތު މަޤާމް އަދާކޮށްފައެވެ. ފާތުމަތުދީދީ ކުރައްވާ އަތްތެރި މަސައްކަތްތަކުގެ ތެރޭގައި ފެހުމާއި މާޖެހުން ހިމެނެއެވެ.

އައިޝަތު ޝާފިޔާ، ސަބުދެލި/ގއ. ވިލިނގިލި

ޝާފިޔާ ވަނީ 18 އަހަރަށްވުރެ ދިގު މުއްދަތަކަށް ގއ. އަތޮޅު ހޮސްޕިޓަލާއި ވިލިނގިލި މިސްކިތުގެ މަސައްކަތުގެ މަޤާމް އަދާކުރައްވާފައެވެ.

 

ރަޒީނާ ރަހާ، ހަނދުފެންނަގެ/ގއ. ވިލިނގިލި

ރަޒީނާ ވަނީ 15 އަހަރަށް ވުރެ ގިނަ ދުވަހަށް ގއ. އަތޮޅު އޮފީހާއި އަތޮޅު ކައުންސިލްގެ މަސައްކަތު މަޤާމް އަދާކޮށްފައެވެ. އަދި ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގައި މަސައްކަތްކޮށްފައިވެއެވެ. މީގެ އިތުރުން. ފެހުމާއި ދިވެހި ލިބާސް ހެދުމާއި ދިވެހި ބޭސް ހެދުން ހިމެނެއެވެ.

 

އަފީފާ ޙަސަން، ދިލްޝާދުގެ/ގއ. ވިލިނގިލި

އަފީފާ އަކީ 16 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ގއ. އަތޮޅު ހޮސްޕިޓަލް، ގއ. ވިލިނގިލި އިންޖީނުގެ އަދި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަސައްކަތު މަޤާމް އަދާކުރައްވާފައިވާ ކަނބަލެކެވެ.

 

ފާތިމަތު ދީދީ، ރީލްމަންޒިލް/ގއ. ވިލިނގިލި

ފާތިމަތު ދީދީ އަކީ 15 އަހަރަށްވުރެ ގިނަ ދުވަހަށް ގއ. އަތޮޅު ހޮސްޕިޓަލްގެ އެޓެންޑެންޓްގެ މަޤާމް އަދާކުރައްވާފައިވާ ކަނބަލެކެވެ.

 

މި ކަނބަލުންނަކީ މިހާރުވެސް ގޮވާލާ ކޮންމެ ގޮވާލުމަކަށް ހޭވައްލާ ތެއްޔާރަށް ތިބޭ އަދި ލިބިފައިވާ ހުނަރު ދަސްކުރަން ބޭނުންވާ އަދުގެ ޖީލުގެ ކުދިންނަށް ވެސް ދަސްކޮށްދެމުންދާ ކަނބަލުންކަން ފާހަކަކޮށްލެވެއެވެ. މިއަދު ފޫޅުމާކަން ނުކުރިޔަސް ބޭނުންވެއްޖެ ހާލަތެއްގައި އިރުޝާދު ދީ ހަދާކަން ފާހަކަވެއެވެ. އާސަންދައިގެ ދަށުން ހިލޭ ބޭސް ދިވެހިންނަށް ލިބޭއިރުވެސް ދިވެހި ޙަކީމީ ބޭސްވެރިކަމަށް ބަރޯސާވެ ދިވެހި ބޭސްވެރިކަން ކުރާ މީހުންވެސް އަދުގެ ޖީލުން ފެނިގެން ދިއުމަކީ ވަރަށް ވެސް އުފާކުރަންޖެހޭ ކަމަކެވެ.

މިއަދު ގއ. އެފް.ސީ އެސް ސީން ހިދުމަތުގެ އައްޑަނަ މި ބަތަލުންނަށް ހަވާލުކޮށްދީފައިވާ އިރު މި ބަތަލުންގެ ޝުއޫރުގެ އަޑުވެސް އަޅުގަނޑުމެން ރޮއްވާލައިފިއެވެ. އައްޑަނަ ލިބުނު ކަނބަލެއް އިންޓަރވިއު އެއްގައި ވާހަކަ ދައްކަމުން ބުނީ، އެބޭފުޅުންނަކީ މުޖުތަމައުއަށް މަސައްކަތްކޮށްދިން ބައެއް ކަމެއް ވެސް އަދުގެ ޖީލަށް އެނގިފައެއް ނުވާކަމަށެވެ. ނަމަވެސް ގއ. އެފް.ސީ.އެސް.ސިން އަމިއްލައަށް އިސްނަގައިގެން މިކޮށްދިން ކަމަކީ އެމީހުންނަށް ލިބުނު ޝަރަފެއް ކަމަށާއި އަދި މިކަން ޤަބޫލްކޮށް އެ ސެންޓަރަށް ޝުކުރުއަދާކުރާ ކަމަށެވެ. ދިވެހި މި ބިން އެދި ގޮވަނީ ތިޔަ ކަނބަލުންފަދަ ހީވާގި މުރާލި ބަޔަކަށެވެ. ތިޔަ ނަންތަކެއް މި ދިވެހި ފަސްގަނޑަކުން ފޮހެވިގެން ނުދާނެއެވެ. ދިވެހިން ދިވެހިންގެ ގޮތުގައި އަބަދުމެ ލައްވާށި އާމީން!