English Edition
Dhivehi Edition

އަބޫ ދާބީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ވިޒް އެއާއިން ރާއްޖެ އާއި އަބޫދާބީއާ ދެމެދު ދަތުރުތައް ފަށައިފިއެވެ.

މިއަދު ހަވީރު ވިޒް އެއާގެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްއަށް ޖެއްސުމުން ވަނީ ވޯޓާ ސެލިއުޓް އެއް އަރުވާފައެވެ. ވިޒް އެއާލައިންގެ ދަތުރުތައް މިއަދު ފެށާފައިވާއިރު، އެ އެއާލައިންގެ ފުރަތަމަ ދަތުރަށް މަރުހަބާ ކިއުމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި އެމްއޭސީލްގެ އެމްޑީ މަހުޖޫބް ޝުޖާއުވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންފައެވެ. މީގެ އިތުރުން އެ އެއާލައިނުން މިއަދު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނަށް ބިދަބެން ބޮޑުބެރު ގްރޫފްގެ ފަރާތުން ވަނީ ސަގާފީ މަރުހަބާއެއް ކިޔާފައެވެ.

މިއަދުގެ ހަފްލާގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ ވިޒް އެއާއިން ހަފްތާއަކު 4 ފްލައިޓް އަންނާނެކަމަށާއި މިއީ ވަރަށް ރަނގަޅު ފެށުމެއް ކަމަށެވެ. އިތުރަށް މައުސޫމް ވިދާޅުވީ ވިޒް އެއާ އަކީ އަބޫދާބީގެ އެންމެ އަގުހެޔޮ އެއް އެއާލައިންކަމަށާއި މި އެއާލައިންގެ ދަތުރުތައް ފެށުމާއެކު އަގު ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް އޮންނަ ޑިމާންޑަށް ދިމާވެފައިވާ ގޮންޖެހުންތައް ކުޑަވެގެންދާނެކަމަށެވެ.

ވިޒް އެއާލައިނުން ރާއްޖެއަށް ހަފްތާއަކު ހަތަރު ޝެޑިއުލް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު، އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.އެ އެއާލައިން އިން ރާއްޖެއަށް ކުރާ ދަތުރުގެ އަގަކީ އެއްކޮޅަކަށް 97 ޑޮލަރެވެ.