English Edition
Dhivehi Edition

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ފުވައްމުލައް ސިޓީ ކައުންސިލް މަދަޙަ މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 01 ނޮވެމްބަރ 2022 ގައެވެ.

“ފުވައްމުލައް ސިޓީ ކައުންސިލް މަދަޙަ މުބާރާތް 2022″އަކީ ފުވައްމުލަކުގެ ސްކޫލްތަކާއި ޔުނިވަރސިޓީ/ކޮލެޖްތަކަށް އަމާޒުކޮށްގެން ދަރިވަރުންގެ މެދުގައި މަދަޙަކިއުމުގެ ފަންނުވެރިކަން ކުރިއެރުވުމުގެ އިތުރުން މަދަޙައަށް ލޯބިޖެއްސުމާއި، ދީނީ އަދި ދިވެހި އަދަބިއްޔާތަށް ލޯބިޖެއްސުމާއި، އަމިއްލަ ދިވެހިވަންތަ ރާގާއި، ޅެންވެރިކަން ކުރިއެރުވުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މި މުބާރާތުގެ ބައިވެރިވުމަށް ޝައުޤުވެރިވާ ސްކޫލް ތަކާއި ޔުިވަރސިޓީ/ކޮލެޖްތަކުން 15 އޮކްޓޯބަރ 2022 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް އެދިފައެވެ.