English Edition
Dhivehi Edition

ފޭދޫގައި މިހާރު ކުރިއަށްދާ “ޑަބްލިޔުޑީސީ ޕޮލިސް ވޮލީ ޗެމްޕިއަންޝިޕް 2017 ” ގެ ފައިނަލުގެ ދެވަނަ ޖާގަ މީދޫ ވިމެން ވޮލީ ޓީމުން ހޯދައިފިއެވެ.

އެޓީމުން އެޖާގަ ކަށަވަރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ފޭދޫ ޔޫތު ކޮމިޔުނިޓީ (އެފްވައިސީ) އާ ބައްދަލުކޮށް 3-1 ސެޓުން ކާމިޔާބުކޮށްގެންނެވެ.

ރޭގެ މެޗުގެ ކުއީންއަކަށް ހޮވިފައިވަނީ މީދޫ ޓީމުގެ މަރިޔަމް ހަސަނެވެ.

ފައިނަލުގައި މީދުއާ ބައްދަލުކުރާނީ މަރަދޫފޭދޫ ވޮލީ ޓީމެވެ. އެ ޓީމް ފައިނަލަށް ދިޔައީ ލީގުގެ އެއްވަނަ ޓީމުގެ ގޮތުގައި ޖުމްލަ 9 ޕޮއިންޓް ހޯދައިގެންނެވެ. ފައިނަލްމެޗު އޮންނާނީ ނޮވެމްބަރ 1 ވަނަ ދުވަހުގެރޭ ފޭދޫ ވޯލީ ކޯޓުގައެވެ. މެޗުފަށާނީ 20:30 ގައެވެ.

ރޭގެ ސެމީއަށްފަހު ވަނީ މުބާރާތުގެ ތިންވަނަ ހޯދި ފޭދޫ ޔޫތު ކޮމިޔުނިޓީ ޓީމަށް މެޑެލް ހަވާލުކޮށްދީފައެވެ.
މިއީ އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ސައުތު ޕޮލިސް ޑިވިޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ.