English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫ ވޮލީކޯޓުގައި މިހާރުކުރިއަށްދާ “ޑަބްލިޔުޑީސީ ޕޮލިސް ވޮލީ ޗެމްޕިއަންޝިޕް 2017 ” ގައި ރޭ މީދޫ ވިމެންސް ކުލަބާއި، ފޭދޫ ޔޫތުކޮމިޔުނިޓީ ބައްދަލުކުރި މެޗު މީދޫ ކާމިޔާބު ކޮށްފިއެވެ.

ގުރޫޕް ސްޓޭޖުގެ ފަހުމެޗުގައި އެ ދެޓީމް ކުޅުނު މެޗުން މީދޫ މޮޅުވީ 3-1 ސެޓުންނެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މީދޫ ޓީމުގެ ޖާޒީނަމްނަރު 5 މަރިޔަމް ހަސަނެވެ.

ރޭގެ މެޗަށްފަހު ގްރޫޕު ސްޓޭޖުގެ މެޗުތައްކުޅެ ނިމުނީއެވެ. މުބާރާތުގެ ސެމީފައިނަލް މެޗުކުޅޭނީ މިރޭގައެވެ. އެމެޗުގައި ބައްދަލުކުރާނީވެސް މި ދެޓީމެވެ. މި މެޗުވެސް އޮންނާނީ ފޭދޫ ވޮލީ ކޯޓުގައެވެ. މި މެޗުވެސް ފަށާނީ 20:30 ގައެވެ.

މިއީ އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ސައުތު ޕޮލިސް ޑިވިޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ ފައިނަލް އޮންނާނީ ނޮވެމްބަރު 1 ވަނަ ދުވަހުގެރޭގައެވެ.