English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ޕޮލިސް ފޭސްބުކް ޕޭޖް

އައްޑޫ ސިޓީއިން ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުން، މަސްއޫލިއްޔަތު އަދާކުރުމަށް ނުކުތުމުގެ ކުރިން ކުރަންޖެހޭ ގާނޫނީ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އައްޑޫ ސިޓީ އަށް ހާއްސަކޮށްގެ ކުރިއަށް ގެންދެވުނު ރެކްރޫޓްމަންޓްގެ ތެރެއިން ފުލުހުންގެ ހިދުމަތާއި އަލަށް 23 ފަރާތަކުން ވަނީ ގުޅިފައެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ފުލުހުންނަށް ހުވާ ލައިދެއްވީ ސ.ޖުޑީޝިއަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް މުހައްމަދު ހާޝިމް އެވެ.

މި ރަސްމިއްޔާތުގައި ސައުތު ޕޮލިސް ކޮމާންޑަރ އާއި އައްޑޫ ސިޓީ ކޮމާންޑަރ އާއި އައްޑޫ ސިޓީގެ ސްޓޭޝަން ތަކުގެ ހެޑުން އަދި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އިސް ވެރިން ބައިވެރިވެލެއްވިއެވެ. މީގެ އިތުރުން ފުލުހުން ހުވާކުރުމުގެ މިރަސްމިއްޔާތުގެ ފުލުހުންގެ އާއިލާތަކުން ވަނީ ބައިވެރިވެފައެވެ.

ފުލުހުން ބުނީ މިއީ އައްޑޫ ސިޓީ އަކީ އަމަން ރައްކާތެރި ތަނަކަށް ހެދުމަށް ލިބިގެންދިއަ އިތުރު ކުރިއެރުމެއްކަމަށެވެ.

ޓެގު