English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ޑްރަަަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ހޯދަމުން ދަނީ ހާޝިމް މުޙައްމަދު، ގދ. ރަތަފަންދޫ / އަތިރީގެ، (30އ)އެވެ.

ފުލުހުން ބުނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގް އަށް 2024 އޭޕްރީލް 23 ވަނަ ދުވަހުގެ 14:00އަށް ހާޒިރުވުމަށް އަންގާފައެވެ.

ޓެގު