English Edition
Dhivehi Edition
ކުޅުދުއްފުށީގައި ރޯކޮށްލި ޕީއެންސީގެ ކެމްޕޭނު ޖަގަހަ

ކުޅުދުއްފުށި ސިޓީގައި ހުރި ކެމްޕެއިން އޮފީހެއްގައި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ ހައްޔަރު ކުރީ ރާއްޖޭން ބޭރަށް ފުރަން އުޅެނިކޮށް ކަމަށް ފުލުހުން ބުނެފިއެވެ.

ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ފިރިހެން މީހާއަށް ތުހުމަތު ކުރެވެނީ ގަސްތުގައި އަލިފާން ރޯކޮށް މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ކުށެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހާފައިވާއިރު ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނީ އޭނާގެ ޒަހަމުތަކަށް ފަރުވާ ހޯދުމަށް ކުޅުދުއްފުށީގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ހުއްޓާ އޭނާ އެހެން ރަށަކަށް ގޮސް ފަރުވާ ހޯދާފައިވާއިރު ފުލުހަށް ހާޒިރުވުމަށް އަންގާ ޗިޓު ފޮނުވުމުން ވެސް އޭނާ ހާޒިރުވެފައި ނުވާ ކަމަށެވެ.

ފުލުހުން ކޯޓުގައި ބުނީ އޭނާ ހައްޔަރު ކުރީ މައްސަލައަށް ފިލައިގެން ރާއްޖެއިން ބޭރަށް ދާން ގޮސް ހުއްޓައި ކަމަށެވެ.

އޭނާގެ ދިފާއުގައި ކޯޓުގައި ވާހަކަ ދައްކަމުން މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ބުނީ އޭނާއަށް ޗިޓު ރައްދު ނުވާ ކަމަށެވެ. އަދި އެ ޗިޓާ ހަވާލުވީ އޭނާގެ ކޮއްކޮ ކަމަށެވެ.

އޭނާ ބުނީ ރަށުން ބޭރަށް ދިޔައީ ފިލައިގެން ނޫން ކަމަށެވެ. އަދި ރާއްޖޭން ބޭރަށް ދާން ގޮސް ހުރީ ދަރިފުޅު ޑޮކްޓަރަށް ދެއްކުމަށް ކަމަށް ވެސް ދިފާއުގައި އޭނާ ބުންޏެވެ.

ޓެގު