English Edition
Dhivehi Edition
ފުލުހުންގެ ތަހުގީގަށް ހޯދަމުން ދާ ދެމީހުން ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުން ތަހުގީގުކުރަމުން ދާ މައްސަލައަކާއި ގުޅިގެން ބަންގްލަދޭޝްގެ ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުން ދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝޮހެދުއްލާ (34އ) އަދި ކޮކޮން މިއާ (34އ)އެވެ. ފުލުހުން ވަނީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 11 މެއި 2024 ވަނަ ދުވަހު 20:00 އަށް ހާޒިރުވުމަށް އަންގާ އިއުލާންކޮށްފައެެވެ.

 

ޓެގު