English Edition
Dhivehi Edition

ގއ. ވިލިނގިލީގައި މުދާލާފައިހުރި ގުދަނެއްގެ ފުރާޅުން ޓިނު ވަގަށް ނެގި މީހަކު ޝަރީޢަތް ނިމެންދެން ބަންދުކޮށްފި އެވެ.

ގއ. އަދި ގދ. އަތޮޅު ސަބް ރީޖަން ކޮމާންޑަރު، ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވީ، މި ހިނގާ ސެޕްޓެމްބަރު މަހު 25 ވަނަ ދުވަހުގެ ވަގުތެއްގައި ގއ. ވިލިނގިލި ހިއްކި ސަރަހައްދުގައި ހުރި ގުދަނެއްގެ ފުރާޅުން ޓިނު ވަގަށް ނެގި މައްސަލާގައި 24 އަހަރުގެ ފިރިހެނަކު ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް އޭނާ ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ނިންމާފައިވާ ކަމަށްވެސް ނާޙިދު ވިދާޅުވި އެވެ.

އިތުރަށް ނާހިދު ވިދާޅުވީ، މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ އަކީ ވައްކަމާއި މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ ރެކޯޑް އޮަތް މީހެއް ކަމަށެވެ.