English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި އެއްވެސް ގައުމެއްގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހެދުމަށް ފުރުސަތު ނުދޭނެ އެ ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ފެށުމަށް ރޭ ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން ނެވެ.

ނާޒިމް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދޭނީ ގައުމުގެ މަސްލަހަތަށް ކަމަށެވެ.

ދުނިޔޭގެ އެއްވެސް އެހެން ގައުމެއްގެ އަސްކަރިއްޔާއަކަށް ރާއްޖޭގައި ބޭސް ހަދައިގެން ތިބުމާ ފާޅުގައި ދެކޮޅު ހަދާނެކަން ވެސް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮންނަނީ ވަކި ގައުމަކަށް އިސްކަން ދޭ ގޮތަކަށް ކަމަށާއި އެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެހެންވެ، އެ ޕާޓީގެ ވެރިކަމެއްގައި ގެންގުޅޭނީ ރާއްޖެއަށް އެންމެ ފައިދާވާ، އެންމެ މަސްލަހަތު އޮންނަ ސިޔާސަތެއް ކަމަށާއި އެއީ ‘މޯލްޑިވްސް ފަސްޓް’ ސިޔާސަތު ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.