English Edition
Dhivehi Edition

އައްޑޫ ސިޓީ، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ދެ މީހަކު އަތުގައި ބޮމެއް އޮތް ކަމަށް ބުނުމުން މިއަދު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 5:25 ގައި އެ އިންޒާރު ދިނުމާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.

ބޮމެއް ކަމަށް ބުނެފައިވަނީ ފުރަން ގޮސް ތިބި 2 ފަސިންޖަރުންނެވެ. އެމީހުން އެގޮތަށް ބުނުމުން އެއާޕޯޓް ކުއްލި ހާލަތަށް ގެނެސް، އެ މީހުން ގެނައި ތަކެތި ފާސްކޮއްފައެވެ.

ފުލުހުން ވިދާޅުުވީ އެ އިންޒާރާ ގުޅިގެން ފުލުހުން އެކަން އެމްއެންޑީއެފްއަށް ހުށަހެޅި ކަމަށާއި އެމްއެންޑީއެފްއިން އެ މީހުން ގެންގުޅުނު ތަކެތި ބަލާފާސް ކުރިއިރު އެފަދަ އެއްޗެއް ފެނިފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.