English Edition
Dhivehi Edition
ނައިބު ރައީސް ފައިސަލް ނަސީމް ފޮޓޯ: ރައީސް އޮފީސް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ވަރަށް އަވަހަށް ކެތުލެބެއް ހުޅުވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

އޭޑީކޭއިން އިންތިޒާކޮށްގެން ބާއްވާ “މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2022” ގައި ފައިސަލް ވިދާޅުވީ،ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ސިއްހީ ހިދުމަތް އިތުރަށް ތަރައްގީކުރަން މުހިއްމުު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، ރަށްރަށުގައި އެކި ދާއިރާތަކުން ސްޕެޝަލިސްޓުން އިތުރު ކުރުމަށް ވެސް ވަރަށް ހާއްސަ އިސްކަމެއް ދޭކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ގައި ކެތްލެބެއް ގާއިމުކުރުމަށް 2021 ބަޖެޓްގައިވެސް ވަނީ ހިމަނާފައެވެ.

އެހެންނަމަވެސް އެ މަސައްކަތް ނުފެށި އޮތުމަށްފަހު، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ދަނީ “ކެތް ލެބް”ގެ ޚިދުމަތް ފެށުމަށްޓަކައި ސެޕްޓިކް އޯޓީ ރޫމްއަށް ބަދަލުގެނެސް މަރާމާތުގެ މަސައްކަތް ކުރަމުންނެވެ.