English Edition
Dhivehi Edition

ހުޅުމާލެ އިން ގެއްލިގެން ހޯދަމުންދާ ޒުވާނާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުންދަނީ މުޙައްމަދު އަޛުހާން (27އ) އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މުޙައްމަދު އަޛުހާން އަދިވެސް ނުފެންނަ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށެވެ

އޭނާ ގެއްލިގެން ރިޕޯޓް ކުރީ ހޯމަ ދުވަހުގެ ރޭ 19:00 ކަންހާއިރުއެވެ. ފުލުހުން ބުނީ އޭނާ އެންމެފަހުން ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށެވެ.

މުޙައްމަދު އަޛުހާނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ނަންބަރު 9393351 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ