English Edition
Dhivehi Edition
ފޮޓޯ: ވަން އޮންލައިން

މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާއި ޝަހީމް މީޑިއާ ގުޅިގެން ކުރިއަށް ގެންދިޔަ ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ތަމްރީން ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 21 އިން ފެށިގެން މި މަހުގެ ހަވަނަ ދުވަހަގެ ނިޔަލަށް އަހުމަދިއްޔާ ސްކޫލުގައެވެ. ރޭ ބޭއްވި ރަސްމިއްޔާތުގައި މި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި 20 ނޫސްވެރިއަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

މި ޕްރޮގްރާމްގައި ކިޔަވައި ދެއްވި ބޭފުޅުންގެ ތެރޭގައި މުހައްމަދު ޝަހީބްގެ އިތުރުން ރާއްޖޭގެ ނަން މަޝްހޫރު ތަޖުރިބާކާރު ގިނަ ނޫސްވެރިން ހިމެނެއެވެ. މި ޕްރޮގްރާމްގެ ތެރެއިން ނޫސްވެރިންނަށް، ޚަބަރު ތައްޔާރުކުރަނެ ގޮތާއި ނިއުސް ރޫމެއްގައި މަސައްކަތް ކުރާނެ ގޮތާއި ވީޑިއޯ ޖާނަލިޒަމް، ފީޗާ ލިޔުން ފަދަ ދާއިރާތަކާއި ގުޅޭ ގޮތުން ވަނީ ކިޔަވައިދީފައެވެ.