English Edition
Dhivehi Edition
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

ގަލޮޅު ކެނެރީގޭ ފާރުގައި ‘އިންޑިއާ އައުޓް’ ޖެހި މީހާ ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

ނ. މިލަދޫ، ނޫއަލި އަބްދުﷲ ޔަޝްފައު، އެކަން ކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ދަންވަރު 02:37 ހާއިރު އެވެ.

ޢަބްދުﷲ ޔަޝްފައު ގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ މޭ 31، 2022 ވަނަ ދުވަހުގެ 2:37 ހާއިރު، ނީލޯފަރު މަގުގައި ހުންނަ ކެނެރީގޭ ބޭރު ފާރުގައި އިނގިރޭސި އަކުރުން “އިންޑިއާ އައުޓް” ސްޕްރޭކޮށް އެ ފާރަށް އޭނާ ގެއްލުން ދީފައިވާތީ އެވެ. އަދި އޭނާގެ މައްޗަށް އުފުލާފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އެވެ.

އޭނާ ވަނީ ކޯޓު މަރުހަލާގައި ކުށަށް އިއުތިރާފުވެފަ އެވެ.

ގ. ކެނެރީގެ އަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ ޢާއިލީ ގެކޮޅެވެ. އަދި އެ ގޭގައި އެމަނިކުފާނުގެ ބައްޕާފުޅާއި މަންމާފުޅު ވެސް ދިރިއުޅުއްވަ އެވެ.