English Edition
Dhivehi Edition

މާފުށީ ޖަލުގައި މާފުށި މީހާގެ، މަރުގެ ތަހުގީގެއް ކުރުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު މަރުވި މ. މުލި ހުދުފިނިފެންމާގޭ މުޙައްމަދު ނަޝީދު، 43،ކެވެ.

މުޙައްމަދު ނަޝީދުގެ މަރާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައިވަނީ ނަޝީދަށް ނޭވާ ނުލެވިގެން ކުއްލި ގޮތަކަށް މަރުވުމުގެ ކުރިން އޭނާގެ ނޭވާއަށް އުނދަގޫވާކަން ޖަލުގެ އޮފިސަރުންނާ ހިއްސާކުރިކަމަށެވެ. އެހެންނަމަވެސް އެކަމުގައި ފަރުވާ ކުޑަކޮށް އޭނާއަށް އެކަށިގެންވާ ފަރުވާ ނުދޭކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތުކޮށްފައެވެ،

މީގެ އިތުރުން ނަޝީދަށް ތަކުރާރުކޮށް އަނިޔާ ކުރާ ކަމުގެ ޝަކުވާ އޭނާގެ ވަކީލުންނަށް ލިބިފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ އެ މައްސަލައިގެ ތަހުގީގު ހިންގައި މަރުގެ ހަގީގަތް ހާމަކުރަންޖެހޭކަމަށެވެ. އަދި އެކަމުގައި އިހުމާލުވާ ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މި ބަޔާނުގައިވަނީ ގޮވާލާފައެވެ. މީގެ އިތުރުން މި މައްސަލަ، އަވަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށްވަނީ ގޮވާލާފައެވެ.