English Edition
Dhivehi Edition

އިންޑިއާގެ މުމްބާއީގައި ކުރިއަށްދާ “އޯޓީއެމް ޓްރެވެލް ޓްރޭޑް ޝޯ”ގައި އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ހަރަކާތްތަކެއް ފަށައިފިއެވެ.

އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު، މުމްބާއީގައި އިއްޔެ ފެށި ‘އޯޓީއެމް ޓްރެވެލް ޓްރޭޑް ޝޯ’، މާދަމާގެ ނިޔަލަށް ކުރިއަށްދާއިރު މި ފެއަރގައި އައްޑޫ ގެ ޓޫރިޒަމް ވިޔަފާރީގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މި ގޮތުން އައްޑޫގައި މި ވަގުތު އޮޕަރޭޓްކުރަމުން އަންނަ ދެ ރިސޯޓްކަމަށްވާ ސައުތު ޕާމާއި، ކެނަރީފް ރިސޯޓްގެ އިތުރުން 3އެސް އިން ބައިވެރިވެފައެވެ. މީގެ އިތުރުން މި ފެއާގައި ގޯ ޓްރިޕް އަދި ގަން އެއާޕޯޓުންވެސް ވަނީ ބައިވެރިވެފައެވެ.

No description available.

ޓޫރިޒަމް ޕްރޮމޯޓްކުރަން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ފެއާގައި އައްޑޫ ޕްރޮމޯޓްކުރުމުގެ މަސައްކަތް ފޯރި އާއި އެކު ކުރިއަށް ދާ އިރު މިހާތަނަށް އައްޑޫ ޕްރޮމޯޓްކުރުމަށް ހަދާފައިވާ ސްޓޯލަށް 300 އަށްވުރެ ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް، މި ވިޔަފާރިގައި ހަރަކާތްތެރިވާ ފަރާތްތަކުން ގުޅިގެން ބާއްވާ އެންމެ ބޮޑު އަދި އެންމެ ފުރަތަމަ ހަރަކާތުން، އައްޑޫގެ ޓޫރިޒަމަށް ރަނގަޅު ބަދަލެއް އަންނާނެކަމަށް، އެ ފަރާތްތަކުން ގަބޫލުކުރެއެވެ،