English Edition
Dhivehi Edition

ވިލް ކޯޓުގެ ޤާޟީކަމުގެ 02 މަގާމަށް ހުޅުވާލި ފުރުސަތުގައި 17 ބޭފުޅަކު ކުރިމަތިލައްވާފައިވާކަމަށް ޖުޑީޝަލް ސާރަވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ސިވިލް ކޯޓަށް ދެ ގާޒީން ހޯދަން އިއުލާން ކޮށްފައިވަނީ އެ ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި ޒުބައިރު މުހައްމަދު އިސްތިއުފާ ދެއްވުމުންނާއި އިސް ގާޒީ ކަމުގެ މަގާމުގައި ހުންނެވި އަބްދުالله އަލީ، ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

ސިވިލް ކޯޓްގެ ޤާޟީކަމަށް ކުރިމަތިލުމަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު ހުޅުވާލި ފުރުސަތު ހަމަވީ މިމަހުގެ 11 ވަނަ ދުވަހުގައެވެ.

ސިވިލް ކޯޓުގެ ޤާޟީކަމަށްް ކުރިމަތިލެއްވި ބޭފުޅުން

1. ޢަލީ ނަޞީރު / ގާޑެނިޔާވިލާ، ބ.ކިހާދޫ
2. ޢަބްދުﷲ ޒާހިރު / ދަފްތަރު، ނަންބަރު ރސ 9175، ކ.މާލެ
3. މުޙައްމަދު ވިދާން ޝާކިރު / ހ.ހުދުފިނިފެންމާގެ، ކ.މާލެ
4. ޢަލީ ނަދީމް / ހ.ގްލޯރިއޯސާ 2، ކ.މާލެ
5. ނަފީލު މުޙައްމަދު / ލަކީހޯމް، ގއ.ދާންދޫ
6. ސިނާން ޢަލީ / ސަންޑަލްވޫޑް، ގދ.ފިޔޯރީ
7. އަޙްމަދު މަޢުޞޫމް / ހަވީރީމަންޒިލް، ލ.މާބައިދޫ
8. ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ.މާޅޮސް
9. ޢަބްދުﷲ އިޙްސާން / ސައިފަތްމާގެ، ސ.ހިތަދޫ
10. ފަތުޙުﷲ ޖަމީލް މޫސާ / ނަލަމަލަ، ލ.މާވަށް
11. ފައިޞަލް އާދަމް / ދެތަނޑިމާގެ، ހދ.ފިނޭ
12. އާދަމް ޛާލިފް / އޯކިޑުމާގެ، ގއ.ގެމަނަފުށި
13. މަރްޔަމް ޝާނީ / ސަނދުބަރަކާގެ، ހއ.ދިއްދޫ
14. އުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ، ބ.ހިތާދޫ
15. އާމިނަތު ޒިދުނާ / ހުޅުމާލެ. ގޯތި 10654 ގެ އޭ-01 ފްލެޓް
16. ޙަސަން ޝަމާމް / ކޮށިތެރޭގެ، ހއ.އިހަވަންދޫ
17. އާމިނަތު ރައިޝަމް / ނިއުފްލާވަރ، ގއ.ގެމަނަފުށި

ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާ ލިބޭއިރު، ލިވިން އެލަވަންސުގެ ގޮތުގައި މަހަކު 15،000 ރުފިޔާ ލިބެއެވެ. އަދި ރިސްކު އެލަވަންސްގެ ގޮތުގައި މަހަކު 1,650 ރުފިޔާ ލިބޭނެއެވެ.