English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނުދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މިއަދު ދޫކޮށްލައިފިއެވެ. ކަރެކްޝަނަލް ސާވިސްގެ އިސްވެރިއަކު މިއަދު ވިދާޅުވީ “މަހުލޫފު ދޫކޮށްލައިފި. މިހާރުވީ ގޭގައި،” ކަމަށެވެ. މަހުލޫފު މިނިވަންމިވީ އޭނާއަށް އިއްވައިފައިވާ 4 މަހާއި 24 ދުވަހުގެ ޖަލުހުކުމެއް ތަންފީޒުކޮށް ނިމުމުންނެވެ. އޭނާ ދޫކޮށްލީ މިއަދު ހެނދު ކަމަށް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދެއްވިއެވެ. މަހުލީފަކީ ސިޔާސީ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެކެވެ. މިރެއިން ފެށިގެން ސިޔާސީ ހަރަކާތްތަކުން އަނެއްކާވެސް އޭނާ ފެންނަން ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ޓެގު