English Edition
Dhivehi Edition

ކުރިއަށް އޮތް 2018 ގެ ރިޔާސީ އިންތިޚާބަށްފަހު ރައީސް ޔާމީން ހައްޔަރު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުހީ ޕޮރޮގްރާމުގައި ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ ރައީސް ޔާމީނަކީ އެމަނިކުފާނު ކުރައްވާފައިވާ ކަންކަމުގެ ސަބަބުން ހައްޔަރު ކުރަންޖެހޭ ބޭފުޅެއްކަމުގައެވެ.ރައީސް ޔަމީނުއަށް ނެސޭހަތްތެރިވާކަމަށް ވިދާޅުވެ، މަހްލޫފު ވިދާޅުވީ 2018 ވަނަ އަހަރު އިންތިހާބުގައި ވާދަކުރައްވާނަމަ ރާއްޖެއިން ބޭރުގައި ހުންނަވައިގެން އެކަން ކުރިއަށް ގެންދިއުމަށާއި އެހެން ނޫންކަމަށްވާނަމަ ރައީސް ޔަމީން ހިފާ ހައްޔަރުކުރާނެކަމުގައެވެ. އަދި ރައީސް ޔަމީންގެ އަރިހުގައި އެކަހަލަ ބައިވަރު ފަރާތްތައް އެބަތިބިކަމަށާއި ދިވެހިރައްޔަތުންނަށް ދީފައިވާ އަނިޔާތަކަށް ރައްޔަތުން އިންސާފު ބޭނުންވާކަމަށެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދެލައްކަ ފަސްދޮޅަސްހާސް މީހުން ވޯޓުލާނެކަމަށް ބެލެވޭއިރު އިދިކޮޅު ކޯލިޝަނަށް ދެލައްކަ ވޯޓުލިބޭނެކަމަށެވެ. މީގެ އިތުރުން މަހްލޫފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ވަރަށް ބޮޑަށް ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރާނެ ކަމަށާއި ނަމަވެސް އޮޅުވާލެވޭވަރަށްވުރެ ބޮޑުތަނުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.

2 ކޮމެންޓް
Nattey
އޮކްޓޯބަރު 24, 2017
Moya fulhuvee dhw izzaiytheri memberu
jaleel
އޮކްޓޯބަރު 24, 2017
libifa oiy laaarigandu hifaigen foni baasaa nukandaa hureveythoa balaabala.gaumugai neiy tiya baisaa aduahaane meeheh