English Edition
Dhivehi Edition

ފުލުހުން ތަހުގީގުކުރަމުން ދާ މައްސަލަ އަކާއި ގުޅިގެން ގދ.ގައްދޫ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ގަލޮޅު ޕޮލިސްއިން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހޯދަން އިއުލާންކޮށްފައިވަނީ ގދ. ގައްދޫ / އަދުންގެ، އަޙްމަދު ޝަކީލް (47އ)އެވެ.

ފުލުހުން ބުނީ ވިލިމާލެ ޕޮލިސް އިން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައިގެ ތަހުގީގަށް މި މީހާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާކަމަށެވެ. އަދި އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރާކަމަށެވެ.

އެހެންކަމުން ފުލުހުން ވަނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް، 15 ސެޕްޓެމްބަރު2022 ވަނަ ދުވަހުގެ 10:00 އަށް، އައުމަށް އަންގާ އިއުލާންކޮށްފައެވެ.