English Edition
Dhivehi Edition

ފުލުހުން ތަހުގީގުކުރަމުން ދާ މައްސަލަ އަކާއި ގުޅިގެން އައްޑޫ ސިޓީ މަރަދޫ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހޯދަމުން ދަނީ ސ. މަރަދޫ / ފޮނިތޮށިމާގެ، ޢަލީ އާމިރު (48އ)އެވެ.

ފުލުހުން ބުނީ ވިލިމާލެ ޕޮލިސް އިން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައިގެ ތަހުގީގަށް މި މީހާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާކަމަށެވެ. އަދި އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރާކަމަށެވެ.

އެހެންކަމުން ފުލުހުން ވަނީ ވިލިމާލެ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް، 15 ސެޕްޓެމްބަރު 2022 ވަނަ ދުވަހުގެ 12:00 އަށް ހާޒިރުވުމަށް އަންގާ އިއުލާންކޮށްފައެވެ.