English Edition
Dhivehi Edition
އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: އުރީދޫ

ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ހާއްސަ ޑޭޓާ ޕެކޭޖްތަކެއް ތައާރަފް ކޮށްފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އުރީދޫ ހެޑްކުއާޓާސް ގައި ޓިކްޓޮކާ އެކު އުރީދޫން ވެފައިވާ ސްޓްރެޖިކް ޕާޓްނާޝިޕް އިއުލާން ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތިގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހަމާދީ ވިދާޅުވީ، ޓިކްޓޮކާ އެކު ސްޓްރެޓެޖިކް ޕާޓްނާޝިޕް އިއުލާނު ކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ އަގުހުރި ކަސްޓަމަރުންނަށް ގްރައުންޑް ބްރޭކިން ސޮލިއުޝަންތަކާއި ތަފާތު ތަޖުރިބާތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވިއެވެ.

“ޓިކްޓޮކް ކޮމިއުނިޓީ ކުރިއަރަމުން އަންނަ ރާއްޖޭގައި މި ކުންފުނީގެ އަމާޒަކީ ކުންފުނީގެ އެޑްވާންސް ނެޓްވޯކާއި އެކްސްކްލޫސިވް ޓިކްޓޮކް އޮފާތައް މެދުވެރިކޮށް އެކްސްޕްރެސްކޮށް، ކަނެކްޓްކޮށް، އެކްސްޕްލޯ ކުރުމުގެ ފުރުސަތު ހޯދައިދީ ބޭނުންކުރާ ފަރާތްތައް ބާރުވެރިކުރުވުން” ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

ޓިކްޓޮކް އެޕްލިކޭޝަން މެދުވެރިކޮށް ކަންކަން އުނގެނި ދަސްކުރާ ފަރާތްތަކަށާ އަދި ޓިކްޓޮކްގައި ތަފާތު ވިޑިއޯތައް އުފައްދާ އަޕްލޯޑް ކުރާ ފަރާތްތަކަށް ހާއްސަކޮށް ތަޢްރަފްކުރި ޕެކޭޖްތަކުގެ ތެރޭގައި ގަޑި އިރަކަށް، 24 ގަޑިއިރަށް، 7 ދުވަހަށް، 15 ދުވަހަށް އަދި 30 ދުވަހަށް ނެގޭ ޕެކޭޖްތައް ހިމެނެއެވެ. އެ ގޮތުން 400 ރުފިޔާއަށް 100 ޖީބީ ލިބޭ އިރު މި ޕެކޭޖްގެ މުއްދަތަކީ އެއްމަސް ދުވަހެވެ.

އުރީދޫން ބުނީ މި ޕެކޭޖްތައް ނަގަން ބޭނުންވާ ކަސްޓަމަރުން އުރީދޫ އެޕލްިކޭޝަން މެދުވެރިކޮށް ޕެކޭޖްތައް ހިޔާރު ކުރެވޭނެކަމަށާ “ފްރީޓިކްޓޮކް” އެކްޓިވޭޓް ކޮށްލައިގެން ކޮންމެ މަހަކު ފްރީ 2 ޖީބީ ލިބޭނެ ކަމަށެވެ. މި ލިމިޓެޑް އޮފާ އެކްޓިވޭޓް ކޮށްލުމަށް 5555 އަށް “FreeTikTok” މެސެޖުކޮށްލަންޖެހޭ ކަމަށް އުރީދޫ އިން ބުނެފައިވާއިރު މި އޮފާ ކުރިއަށް ދާނީ މއިަދުން ފެށިގެން އަންނަ ޖުލައި މަހުގެ ނިޔަލަށެވެ.

ޓެގު