English Edition
Dhivehi Edition
އޭއީއެޗް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި “ކެތް ލެބް”ގެ ޚިދުމަތް ފެށުމަށްޓަކައި ހޮސްޕިޓަލުގެ ސެޕްޓިކް އޯޓީ ރޫމްއަށް ބަދަލުގެނެސް މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

‘ކެތް ލެބަ’ކީ ހިތުގެ ބަލިތައް ހާއްސަކޮށްގެން ފަރުވާ ދިނުމަށް ގާއިމުކުރާ ކްލިނިކެކެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އިން ކުރި އިއުލާނެއްގައި ވަނީ މި މަސައްކަތް ހަވާލުކުރެވޭތާ ސާޅީސް ފަސް ދުވަސް ތެރޭ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ސެޕްޓެމްބަރު 2022 އިން ފެށިގެން 10 ސެޕްޓެމްބަރު 2022 ވާ ދުވަހުގެ13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރުމަށް އައްޑޫ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

ބިޑް ހުށަހެޅުމަށް ރެޖިސްޓްރީކުރުން 15 ސެޕްޓެމްބަރު 2022 ވަނަ ދުވަހުގެ 13:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމްގައި އޮންނާނެކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ގައި ކެތް ލެބެއް ގާއިމުކުރުމަށް 2021 ބަޖެޓްގައިވެސް ވަނީ ހިމަނާފައެވެ. އޭއީއެޗްގައި ކެތް ލެބަކާއި، ޕްރައިވެޓް ރޫމް އަދި ހައިޕަބެރިކް ޗެމްބަރ އެއް ހެދުމަށް 23،334،390 ރުފިޔާ ބަޖެޓުގައި ހިމެނި ނަމަވެސް، މިހާތަނަށް މި ހިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމިފައެއް ނުވެއެވެ.